ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިޔާގެ މަހަރާޝްތުރާގެ 10 އަވަށެއްގައި ހިލޭ ކީމޯތެރަޕީ ދޭންފަށަނީ

މި އަހަރުގެ ޖޫން މަހުން ފެށިގެން އިންޑިޔާގެ މަހަރާޝްތުރާގެ 10 އަވަށެއްގައި ހިލޭ ކީމޯތެރަޕީ ދޭންފަށާނެ ކަމަށް މަހާރާޝްތުރާ ސްޓޭޓްގެ ސިއްޙަތާބެހޭ ވަޒީރު ބުނެފިއެވެ. ޚިދުމަތުގެ ފުރުތަމަ ފިޔަވަހީގައި މި ޚިދުމަތް ދޭން ނިންމާފައިވަނީ ނާގުޕޫރު، ގަޅްޗިރޯލީ، ޕޫނޭ، އަމްރަވާތީ، ޖަލްގާއޯން، ނާސިކް، ވަރްދާ، ސަތާރާ، ބަންދަރާ އަދި އަކޯލާ ގައެވެ.

މި ހޮސްޕިޓަލް ތަކުގެ ޑޮކްޓަރުންނާއި ނަރުހުން ތިން ހަފުތާގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް މުންބާއީގައި ހުންނަ ޓާޓާ ހޮސްޕިޓަލަށް އަންނަ މަހު ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.

“ޓާޓާ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާން މިޖެހެނީ. ކޮންމެ ހަފުތާއަކު އެމީހުން މުންބާއީ އަށް ދާންޖެހޭ. ކެންސަރު ބަލީގެ މީހުން މުންބާއީ އަށް ދަތުރުކުރުމަށް ކުރިމަތިވާ ދަތިތައް ފިލުވައިލުމަށް، ސިއްޙަތާ ބެހޭ ޑިޕާޓްމެންޓުން މަސައްކަތް ކުރާނީ ސަރަޙައްދީ ފެންވަރެއްގައި ހިލޭ މި ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަން.” ސަރަހައްދީ ސިއްޙަތާބެހޭ ވަޒީރު ދީޕަކް ސާވަންތު ބުންޏެވެ.

 

ފުރަތަމަ ފިޔަވަހީގައި ޚިދުމަތްދޭން ނިންމާފައިވާ 10 އަވަށުގައި ކާމިޔާބު ކަމާއެކު ޚިދުމަތް ދެވެން ފެށުމުން މަހާރާޝްތުރާ ސްޓޭޓް ގެ އިތުރު ސަރަހައްދު ތަކުންވެސް ހިލޭ ކީމޯތެރަޕީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ޕްލޭނެއް ސިއްހަތާބެހޭ ވުޒާރާއިން ގެންގުޅޭކަންވެސް ވަނީ ހާމަކޮށްފަ އެވެ.
 
ނޭޝަނަލް ކެންސަރ ޕޭޝަންޓް ރެޖިސްޓްރޭޝަން ޕްރޮގްރާމް ބުނާގޮތުން ކޮންމެ އަހަރަކު ކެންސަރު ބަލީގެ 11 ލައްކަ މީހުން އިންޑިޔާ ގައި ރެޖިސްޓްރީ ކުރަމުން އާދެއެވެ.
 
އިންޑިޔާގައި ކެންސަރުބަލީގެ ކޭސްތަކުގެ ޖުމްލަ އަދަދު ކޮންމެ އަހަރަކުވެސް 28 ލައްކައަށް އަރާކަމަށް ހިސާބުތަކުން ދައްކައެވެ.
 
މަސްދަރު: ޓައިމްސް އޮފް އިންޑިޔާ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top