ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
” ލޯބިން… ؟ ” އޮލިމްޕަހަށް މިރޭ!

“ބަވަތި”ގެ ނަމުގައި އުފެއްދި ފުރަތަމަ ފީޗާ ފިލްމުން ދިވެހި ސިނަމާގައި ނަން ވިދައިލި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ “ލޯބިން…؟” މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެއެވެ. މިއީ އިއްލެއާއެކު ފިލްމީ މަސައްކަތްތަކުން އަބަދުވެސް ފެންނަ އިފްނާޒް އަދި އޭނާގެ އަންހެނުން ތާތިގެ ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެންދާނެ ފިލްމެކެވެ.

ފިލްމު “ލޯބިން…؟” އަކީ ދިވެހި މުޖުތަމަޢަށް އެތަކެއް ފައިދާހުރި މެސެޖްތަކެއް ލިބިގެންދާނެ ފިލްމެކެވެ.

ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން” ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.

މިއީ ‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ޓިކެޓް ހޯދުމަށް 7242555 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top