ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “އަލްވަދާޢު” ގެ ޕްރިމިއާ ޝޯގެ ޓިކެޓް ހިލޭ ހޯދުމުގެ އެހެން ފުރުޞަތެއް!

ލޯބި، ނިކަން ލޯބިލޯބި ވާހަކައަކަށް ޑާކް ރެއިން އިން ގެނެސްދޭ ލޯބީގެ ފިލްމު “އަލްވަދާޢު”ގެ ޕްރިމިއާ ޝޯގެ ޓިކެޓެއް ހޯދާލައި، ފިލްމުގެ ތަރިންނާއެކު ޑިނާއަކަށް ދިއުމުގެ ފުރުޞަތު ލިބޭ ފުރުޞަތެއް ހުޅުވާލައިފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މީސް މީޑިއާތަކަށް މިއަދު ދޫކޮށްލާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިމަހު 10ގެ ކުރިން އެ ޕޯސްޓަށް ލައިކެއްދީ، ކޮމެންޓްގެ ގޮތުގައި ތިން ރަހުމަތްތެރިންގެ ނަން ލިޔެ، މި ޕޯސްޓް ސްޓޯރީގައި ޝެއަރކޮށް، ޑާކްރެއިން ޓެގް ކުރުމުން މި ގިވްއަވޭގައި ބައިވެރިވެވޭނެ ކަމަށެވެ.

ފިލްމް “އަލްވަދާޢު” އަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގެ ކެމެރާ ކުރަނީ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. އަދި ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ. ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ފަދަ ތަރިން ވެސް މި ފިލްމުގައި ހިމެނެއެވެ.

ފިލްމުގެ ޓިކެޓް މިއަދު ހެނދުނު 10:00 ން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top