ދިވެހި ފިލްމު ލިލީގެ ޓިކެޓެއް ގަންނަ ކޮންމެ މީހަކަށް ލިލީއެއް ދޭން އެޓީމުން ނިންމައިފި އެވެ.
މިހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޕާކުގަ އެވެ. މި ހަރަކާތުގައި ލިލީ ފިލްމުގެ ޓިކެޓު ވިއްކުމުގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯ މޭންވެސް ހުށަހަޅައިދޭން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މަގުބޫލު ބޮޑުބެރު ގްރޫޕު ހޭވައްލާއިން ވެސް ބައިވެރިވާނެ އެވެ.

ލިލީގެ ފުރަތަމަ އަދި ދެވަނަ ޝޯގެ ޓިކެޓު މިހާރު މުޅިން ހުސްވެފައިވާއިރު އިތުރު ޝޯތަކުގެ ޓިކެޓުވެސް މިހާރު ދަނީ ވިއްކަމުންނެވެ. އޮލިމްޕަސް ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓު ލިބެން ހުރި ލިލީ ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ލިލީގެ ހޮޓްލައިން 7505079 އަށް ގުޅައިގެންވެސް ފިލްމުގެ ޓިކެޓު ނެގޭނެ އެވެ. މީގެ އިތުރުން ރަށްތަކުގައި އަޅުވަން އެދިވެސް މި ނަމްބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. ލިލީ އަޅުވަން މިހާރުވެސް ގިނަ ރަށްތަކަކުން ވަނީ އިއުލާން ކޮށްފަ އެވެ.
ލިލީ ފިލްމުގެ ނަން އިއުލާނުކުރުމަށް މި އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދިޔަ އެވެ. “ލިލީ ލިބިއްޖެ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި 400 އަށްވުރެއް ގިނަ ލިލީ ބެހި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




