ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
”ދޮޅަސް” ނެރެފި

ރާއްޖޭގެ ހިޕްހޮޕް އަދި ރެޕްގެ ކޯރުގައި އެންމެ ވަރުގަދަ ރެކޯޑް ލޭބަލް، ‘ސިމްބޮލިކް ރެކޯޑްސް’އިން ”ދޮޅަސް”ގެ ނަމުގައި އާ އަލްބަމެއް ނެރެފިއެވެ.

“ދޮޅަސް” އަލްބަމަކީ މާޓްގެ އަލްބަމެކެވެ. ޖުމްލަ 12 ލަވަ ހިމެނޭ މި އަލްބަމުގެ މިއުޒިކް ޕްރޮޑިއުސަރުންނަކީ މާރިދަމް، ރީޕާ، ހައިޝަމް ނަސީރު، ޑީމަން އަދި ޕެންޑާއެވެ.

މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން މާޓުގެ ”އަނެއްލަވަ” ވަނީ އަލްބަމުގެ ފުރަތަމަ ލަވައިގެ ގޮތުގައި ޔޫޓިއުބާއި ސައުންޑް ކްލައުޑަށް ރިލީޒްކޮށްފައެވެ.

މީގެ ދެ އަހަރުކުރިން ސިމްބޮލިކް ރެކޯޑްސް އިން ނެރުނު ”ކޯވަރެއް“ އަލްބަމަކީ ދިވެހި ހިޕްހޮޕް މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ކަރުހިއްކުން ފިލާވަރުކޮށްލަ ދިން ސަޅި އަލްބަމެއްކަން ފާހަގަކޮށްލެވެއެވެ. ވަކީން ޚާއްޞަކޮށް އެ އަލްބަމްގައި ހިމެނޭ ”ކޯރެއްގެ ކޯވަރެއް“ މިއީ މާސްޓަރޕީސްއެއް ކަމަށް ގިނަބަޔަކު ޤަބޫލކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top