ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި

މިހާރު އަވައްޓެރި ސްރީ ލަންކާގައި ކުރިއަށްދާ ސްރީ ލަންކާސް ގޮޓް ޓެލެންޓުގެ ތިން ވަނަ ސީޒަންގައި ދިވެހިރާއްޖެއަށް ނިސްބަތްވާ އުމުރުން އެންމެ 10 އަހަރުގެ މަރިޔަމް ރުބީން މުއާދު، ޖަޖުންގެ ޝައުގުވެރިކަން އަތުލައިގެންްފިއެވެ.

ކޭޓީ ޕެރީގެ “ރޯރް” ލަވަ ވަރަށް ކެރުމާއެކު ހިތްގައިމުކޮށް ރުބީން ހުށައަޅައިދިނެވެ.

އެ ހުށަހެޅުމަށް ފަހުގައި، ފަނޑިޔާރު ދަނޫ އިންނަސިތަމްބީ ބުނީ، ރުބީންގެ ހުށަހެޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި، ފަނޑިޔާރު ސްޓެފަނީ ސިރިވާޑެނާ ބުނީ، ރުބީންއަށް ލިބިފައި ވަނީ، ވަރަށް މާނަފުން ރީތި އަޑެއް ކަމަށާއި، ލަވަ ކިޔުން ވަރަށް ކަމުދާ ކަމަށެވެ.

ރާއްޖޭގެ ބޮޑު ކްރައުޑެއް، ރުބީންއަށް ސަޕޯޓްދިނުމަށް ޝޯ ހިނގަމުން ދިޔަ ސްޓޫޑިއޯގައި ތިބިކަން ފާފަހަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top