އެއީ މެދުފަންތީގެ ޢާއިލާއަކަށް އުފަންވެފައިވާ މީހެކެވެ. އޭނާގެ ބައްޕައަކީ އާދައިގެ ދަނޑުވެރިއެކެވެ.
ނަމަވެސް އޭނާއަކީ ބުރަކޮށް މަސައްކަތްކުރަން ކެރޭ މީހެއްކަމުން އޮކްސްފޯރޑް ޔުނިވަރސިޓީން އަށް ވަދެވުނެވެ. އޮކްސްފޯރޑް ޔުނިވަރސިޓީން ތަޢުލީމު ޙާޞިލް ކުރަމުން ދިޔައިރު، އެކްޓް ކުރުމަށް ޝައުޤުވެރިވާން ފެށިއެވެ. ލިބިފައިވާ ޝައުޤުގައި ކުރިއަށްދިއުމުގެ ބޭނުމުގައި ކޮމެޑީ ގްރޫޕަކަށް ވަނުމަށް ފޯމު ހުށައެޅިއެވެ. ނަމަވެސް އޭނާގެ ވާހަކަ ދެއްކުމުގައި ހުންނަ އައިބެއްގެ ސަބަބުން ރަނގަޅަށް އެކްޓް ކުރެވޭގޮތެއް ނުވިއެވެ.
އޭނާ އުއްމީދު ނަގައެއް ނުލައެވެ. އެކްޓިންގައި ނަސީބު ހުރީ ކިހައިވަރަކަށްތޯ ބެލުމަށް އޭނާ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އޭނާގެ ހުންނަ އާގަތުމުގެ ސަބަބުން އޭނާ ކުރިމަތިލި އެތަކެއް ޓީވީ ޝޯ ތަކަކުން ފުރުޞަތު ނުދިނުމަށް ނިންމި އެވެ.
ކިތަންމެ ފަހަރަކު އޭނާ ގެ ބޭނުމެއް ނުހިފޭނެ ކަމަށް އެކިއެކި ފަރާތްތަކުން ނިންމި ނަމަވެސް، އޭނާގެ އަމިއްލަ ނަފުސަށް އޮތް އިތުބާރާއި މެދު އެއްވެސް ޝައްކެއް ނުކުރެއެވެ.
ކޮންމެވެސް ކެރެކްޓަރ ރޯލެއް ކުޅެނިކޮށް އޭނާއަށް ދޫ ފަސޭހަކަމާއެކު ވާހަކަދެއްކިދާނެ ކަން އިސާހިތަކުން އޭނާ އަށް އެނގުނެވެ.
”އަހަރެންގެ އަމިއްލަ އެކްޓިން ނުދައްކައި ކޮންމެވެސް ކެރެކްޓަރ އެއްގެ އެކްޓިން ދެއްކުމުން، އަހަރެންގެ ހުންނަ އާގަތުން ފިލައިގެންދާކަން އަހަންނަށް އެނގުނު.“
އެހެންނަމަވެސް، އެގޮތަށް މަސައްކަތް ކުރިޔަސް އޭނާ ބާކީކޮށްލުން ދިޔައީ ކުރިއަށެވެ. ސަބަބަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އޭނާއަށް ރީީތި ސިފައަކާއި ބަޠަލެއްގެ ސިފަވަންތަކަން އެކުލެވޭ ހަށިގަނޑެއް ލިބިފައި ނެތުނެވެ.
މިވަރުންވެސް އޭނާގެ ހިތްވަރު ބައްޔެއް ނުވެއެވެ. އޭނާއަށް ނޫނެކޭ ބުނި އެންމެންގެ ވިސްނުން ގޯސްކަން ވިސްނައިދިނެވެ. އަމިއްލަ ޝޯ އެއް ’މިސްޓަރ ބީން‘ ގެ ނަމުގައި ފަށައި އެ ޝޯ އަކީ މުޅި ދުނިޔޭގައި ކާމިޔާބު ޝޯ އަކަށް ހެދިއެވެ.
މިއަދުު ރޯވަން އެކިންސަން (މިސްޓަރ ބީން) އަކީ މިހައިތަނަށް އުފެދުނު އެންމެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ އެއް ފަންނާނެވެ. މިއަދު އޭނާގެ ރައުސުލްމާލުގައި 132 މިލިޔަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
ރޯވަން ގެ ޙަޔާތުގެ މި ޙަޤީޤީ ވާހަކައިން އަހަރުމެންނަށް އުނގަންނައިދެނީ ”ކާމިޔާބާއި ހަމައަށް ވާޞިލުވުމަށް ރީތި މޫނަކާއި ބަޠޮލެއްގެ ހަށިގަނޑެއް ކޮންމެހެން ބޭނުންނުވާ ކަމަށެވެ. ހަމަ އެކަނި ބޭނުންވާ ކަމަކީ ގަދައަޅައި މަސައްކަތް ކުރުން ކަމެވެ.“
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




