ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖީއީއޯ އިން “އިބްލީސް” ދައްކަން ފަށަނީ

ޕާކިސްތާން ޑްރާމާ ސިލްސިލާ “އިބްލީސް” މާދަމާ (10 ޖެނުއަރީ) ރޭ ފަށާގޮތަށް ނިންމައިފިއެވެ.

ފަރްހާން އަޙްމަދު މަލްހީ، ފަޖަރް ޚާން އަދި ހިބާ އަޒީޒް އިސް ރޯލުތަކުން ފެނިގެންދާ “އިބްލީސް” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ރައީދު މުޙައްމަދު އަލަމް، ބެހެރޯޒް ސަބްޒުވާރީ، ޚާލިދު އަނަމް، ނިދާ މުމްތާޒް، ބީނާ ޗޯދަރީ އަދި އަސްމާ ސައިފް ފަދަ ތަރިން ހިމެނެއެވެ.

މި ޑްރާމާގައި ކިޔައިދެނީ މައުސޫމު ސިފަތަކެއް ލިބިފައިވާ މަކަރުވެރި އަންހެންކުއްޖެއްގެ ދަލުގައި އެންމެން ޖައްސަމުން ފިތުނަ އުފައްދައި، އާއިލާއެއް ބަރުބާދުކޮށްލާ ގޮތާއި އޭގެ ނިމުން އަންނަ ގޮތެވެ. ވަރަށް ޝައުޤުވެރި ދެ ޓްރެއިލާއެއްވެސް ދައްކާލާފައިވާއިރު މައިގަނޑު ތަރިންގެ މޮޅު އެކްޓިންއެއް ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.

ހީނާ ހުމާ ނަފީސްގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ޑްރާމާ ޑައިރެކްޓްކުރީ “މާ ނެހީ ސާސް ހޫން މޭ” އަދި “ގިރްހޭނ” ގެނެސްދިން ޑައިރެކްޓަރު ސަލީމް ގާންޗީއެވެ. ޕްރޮޑިއުސްކުރީ ސެވެންތު ސްކައި އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން ޢަބްދުﷲ ކަދުވާނީ އާއި އަސަދު ޤުރޭޝީއެވެ.

މާދަމާ ރޭ ރާއްޖެ ގަޑިން 19:00 ގައި ޕާކިސްތާން ޗެނަލް ޖީއީއޯ ޓީވީއިން ދައްކަން ފަށާ “އިބްލީސް” ގެ އެޕިސޯޑްތައް ކޮންމެ ރެޔަކު ދައްކާ ގޮތަށް ނިންމާފައިވާއިރު، ޓީވީގެ އިތުރުން ޖީއީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރް ޕަލް ޖީއީއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top