ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަންހެން ވޮލީ ރަނިކަން މާބައިދުއަށް
ރާއްޖެ ސުޕަ ލީގު 2026 އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ލ. މާބައިދޫ ޓީމު - ފޮޓޯ: ސަން

މުޅިރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯޅަ އެޝޯޝިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި، ރާއްޖެ ސްޕަރލީގު ވޮލީ މުބާރާތުގެ ފައިނަލްގައި ލ. ގަން ބަލިކޮށް، މުބާރާތުގެ ޗެންޕިއަންކަން ހޯދުމާއެކު އަންހެން ވޮލީގެ ރަނިކަން ލ. މާބައިދޫއަށް ލިބިއްޖެއެވެ.

ފައިނަލްމެޗްގެ ފުރަތަމަ ސެޓް 21-25 އިން ލ. ގަން ހޯދިއިރު، ދެވަނަ ސެޓް ލ. މާބައިދޫ ހޯދީ 25-17 އިންނެވެ. ތިން ވަނަސެޓް 25-20 އިން ހޯދައި، ލ. ގަން ޗެންޕިއަންކަމާއި ގާތަށް ޖެހެލިނަމަވެސް ދެން ފެނުނީ މަންޒަރު ބަދަލުވިތަނެވެ. 24-26 އިން ހަތަރުވަނަ ސެޓް ހޯދައި ލ. މާބައިދޫން ހިތްވަރު އާކުރިއެވެ. ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓް ލ. މާބައިދޫން ހޯދީ 12-15 އިންނެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލ.މާބައިދޫ ޓީމުގެ އާމިނަތު އަރީސާއެވެ.

އަށްޓީމު ވާދަކުރި މިމުބާރާތުގެ ތިންވަނަ ޓީމަކީ ކ. ހުރައެވެ. ސެމީފައިނަލުން ބަލިވި ކ. ހުރާއާއި ށ. ފުނަދޫ ވާދަކުރި ތިންވަނަ ހޮވާމެޗް ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ހުރައެވެ.

މުބާރާތުގެ މަގާތައް ހޯދި ކުޅުންތެރިންނަށް ބަލާލާއިރު، ޑްރީމްޓީމުގައި ހިމެނެނީ ޗެންޕިއަން މާބައިދޫގެ އާމިނަތު އަރީޝާ އާއި ފާތިމަތު ޖޫޒާން ޒަރީރު އަދި އެޓީމުގެ އާމިނަތު މާނާއެވެ. ދެވަނަ ހޯދި ގަމުޓީމުގެ ހައްވާ ނާޒިމާ އާއި ހައްވާ ރާޝިދާ އަދި ފޮނަދޫ ޓީމުގެ ޝަހާ ޝާމިން އާއި ހުރާ ޓީމުގެ މާޝާ ފާރޫގް ވެސް ޑްރީމްޓީމުގައި ހިމެނެއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާޓީމުގެ އައިޝަތު ޔުމްނު ޝާހިދުއެވެ.

މުބާރާތުގެ އެންމެމޮޅު ކޯޗުގެ މަގާމް ޗެންޕިއަން މާބައިދޫގެ ކޯޗް އަހްމަދު އަދީލް ހޯދިއިރު، މުބާރާތުގެ އެންމެމޮޅު ދިވެހި ކުޅުންތެރިއަކީ އެޓީމުގެ ފާތިމަތު ޖޫޒާން ޒަރީރް އެވެ. މުބާރާތުގެ އެންމެމޮޅު ބިދޭސީ ކުޅުންތެރިއަކީ ގަމު ޓީމުގެ މިންގްވަން ވިޕާޑާއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top