ސާފް ވިމެންސް ފުޓްސެލް މުބާރާތުގެ ފުރަތަމަމެޗް ދިވެހިރާއްޖެއާ ބައްދަލުކޮށް ފަސޭހަކަމާއެކު އިންޑިޔާ ކާމިޔާބު ކޮށްފިއެވެ. ތައިލެންޑުގެ ނޮންތަބުރި އިންޑޯ ފުޓްސެލް ދަނޑުގައި ކުޅުނު މިމެޗް އިންޑިޔާ ކާމިޔާބުކުރީ 11 – 1 ލަނޑުންނެވެ.
ބައިނަލްއަގުވާމީ ފުޓްސެލް މުބާރާތެއްގައި އަލަށް ވާދަކުރި ރާއްޖޭގެ އަންހެންޓީމަށް އިންޑިޔާގެ ޒުވާން ކުޅުންތެރިން ހިފަހައްޓާލުމުގައި އެކަށީގެންވާ ކާމީޔާބެއް ނުލިބުނެވެ.
ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ރާއްޖޭގެ ކީޕަރު ބަދަލުކުރަން ޖެހުނެވެ. އަވަސް ޕާސްތަކަކާއިއެކު ރީތި މޮޅުކުޅުމެއް ކުޅުނު އިންޑިޔާއިން މިމެޗްގެ ފުރަތަމަ ހާފުގައި ފަސްލަނޑު ޖެހިއެވެ. ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށް ފެނުނު އިންޑިޔާއިން ދެވަނަހާފުގައި ހަތްލަނޑު ޖެހިއެވެ.
މިމެޗްގައި ރާއްޖެއިން ޖެހި ގޯލަކީ ރާއްޖެ ޓީމުގެ މަރިޔަމް ނޫރާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެތެރޭ އިންޑިޔާކުޅުންތެރިއެެއް ފައިގަ ޖެހިފަ ބައިކޮޅަށް ވަތް ގޯލެކެވެ. މިމުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަމެޗް އޮންނާނީ ބުރާސްފަތި ދުވަހު ނޭޕާލާއެކުއެވެ.
