އިންޓަރ އޮފީސް ވިމެންސް ވޮލީ މުބާރާތް މިއަދު ހަވީރު ފަށާގޮތަށް ހަމަޖެހިއްޖެއެވެ. ސަރުކާރު އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މި އަހަރު 6 ޓީމު ބައިވެރި ވެފައި ވެއެވެ.
މިމަހު 14 އިން 23 އަށް ސޯސަލް ސެންޓަރ އިންޑޯހޯލުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް އިމިގްރޭޝަން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެވެ.
މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު 16:00ގައި ފަށާ މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރަނީ މޯލްޑިވްސް އިމިގްރޭޝަން އާއި އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްއެވެ.
މުބާރާތުގެ ދެވަނަ މެޗްގަ މިރޭ 20:15 ގައި ބައްދަލުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެވެ.
