ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސޯސަންކަޕް މުޅި ރާއްޖެއަށް!
ސޯސަން ފުޓްސަލް ކަޕްގެ ޕޯސްޓަރެއް - ފޮޓޯ: ސޯސަން ކްލަބް ފޭސްބްކް

އއ. ތޮއްޑޫ ސޯސަން ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ސޯސަން ފުޓްސެލްކަޕް ފަސްވަނަ މުބާރާތް “ރިލެކްސް ކަމަނަ ސޯސަން ފުޓްސެލްކަޕް 2026” މުޅިރާއްޖެއަށް ހުޅުވާލައިފިއެވެ.

ރަޖިސްޓާރވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ފީއެއްގެ ގޮތުގައި -/2000 ރުފިޔާ ދައްކަން ޖެހެއެވެ.

ފެބްރުވަރީ 20 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެންޕިއަންޓީމަށް -/55000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/15000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ގަވާއިދު އަދި މުބާރާތުގައި ރަޖިސްޓާރ ކުރުމާއި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންކުރާ ލިންކުތައް ސޯސަން ކުލަބުގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top