ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ކައިރިން ދިވެހިރާއްޖެއަށް ފަސޭހަ މޮޅެއް
ސާފް ފުޓްސެލް ޗެންޕިއަންޝިޕްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޓީމު - ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން

ސާފް ފުޓްސެލް ޗެންޕިއަންޝިޕްގަ މިރޭ ދިވެހިރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރި މެޗުން ފަސޭހަކަމާއެކު 7-1 ދިވެހިރާއްޖެ މޮޅުވެއްޖެއެވެ.

ތައިލެންޑްގެ ނޮންތަބުރި އިންޑޯފުޓްސެލް ކޯޓުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ދިވެހިރާއްޖެ 5 ލަނޑު ޖެހިއިރު ޕާކިސްތާނަކަށް ލަނޑެއް ނުޖެހެއެވެ.

ފުރަތަމަ ހާފުގައި ދިވެހިރާއްޖެއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ހަމީދު، އަލީ ސިޔާހު، ކެޕްޓަން މުހައްމަދު އިމްރާން، ކީޕަރު ޒައިދާން އަހުމަދު، އަދި އަލީ ސަމާލް އެވެ. ޕާކިސްތާނު ކުޅުންތެރިން ގޯލަށް ފޮނުވާލި ބޯޅަ ގޯލްލައިން މަތިން ހޯދައި ޕާކިސްތާނުގެ ގޯލަށް ޒައިދާން ބޯޅަ ފޮނުވާލިއިރު ޕާކިސްތާނުގެ ކީޕަރު ހުރީ އެޓޭކްގައި ބައިވެރިވުމަށް ގޯލް ދޫކޮށްލާފައި ނިކުމެވެ.

ދިވެހިރާއްޖޭގެ ފަސްވަނަ ލަނޑަކީ ޕާކިސްތާނުގެ ހަ ފައުލް ހަމަވެގެން ލިބުނު ދުރުޕެނަލްޓީ ގޯލްގެތެރެއަށް ވައްދާލައިގެން ސަމާލު ކާމިޔާބުކުރި ލަނޑެކެވެ.

ސާފް ފުޓްސެލް ޗެންޕިއަންޝިޕް – ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން

ދެވަނަ ހާފުގައި ދިވެހިރާއްޖެއަށް ލަނޑު ޖަހައިދިނާ އިމްރާން އާއި އަބްދު ﷲ ސާފިއުއެވެ. ސާފިއު މިލަނޑު ޖެހީ އެޓޭކްގައި ބައިވެރިވުމަށް ޕާކިސްތާނުގެ ކީޕަރ ގޯލް ދޫކޮށްލާފައި ނުކުމެ ހުއްޓަ ސާފިއުއަށް ލިބުނު ބޯޅަ މުޅިން ހުސްކޮށްއޮތް ގޯލުގެތެރެއަށް ފޮނުވާލައިގެން ނެވެ. ޕާކިސްތާނުގެ ލަނޑުޖެހީ އެޓީމުގެ ޖޯޒީނަންބަރު 10 ހުސެެއިންއެވެ.

ދިވެހިރާއްޖޭގެ ދެވަނަމެޗްގަ ހުކުރު ދުވަހު ހަވީރު ނުކުންނާނީ ބަނގުލަދޭސް ދެކޮޅަށެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top