ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް “އެވެޓާ: ދަ ލާސްޓް އެއަރ ބެންޑާ” ބަލާ ފަރާތްތަކަށްމިއީ އުފާވެރި ޚަބަރެކެވެ. މި ސީރީޒްގެ ދެވަނަ ސީޒަން 2026 ވަނަ އަހަރުގެ ތެރޭގައިރިލީޒްކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
2024 ވަނަ އަހަރު ނެރުނު މި ސީރީޒްގެ ފުރަތަމަ ސީޒަނުން ފެނިގެންދިޔައީ “ފަޔަރނޭޝަން” އާ ދެކޮޅަށް ކުރާ ހަނގުރާމަ ނުނިމި އޮތް ތަނެވެ. އެހެންކަމުން، ވާހަކައިގެބާކީ ބައި ފުރިހަމަކުރުމަށްޓަކައި ސީޒަން 2 އަދި 3 އަށް އިންތިޒާރުކުރުމަށްނެޓްފްލިކްސް އިން ވަނީ ބެލުންތެރިންގެ ކިބައިން އިލްތިމާސްކޮށްފައެވެ.
މި ސީރީޒްގެ ދެވަނަ ސީޒަނުން ބެލުންތެރިންނަށް މުޅިން އައު ކަންތައްތަކަކާއި،ކުރިއަށްވުރެ ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ވާހަކައިގެމިސްރާބު މިހާރު ހުރި ގޮތުން، އެންގް އާއި އޭނާގެ އެކުވެރިންގެ ދަތުރުގައި ކުރިމަތިވާނެގޮންޖެހުންތައް އިތުރަށް ވަރުގަދަވާނެއެވެ.. އަދި ދެވަނަ ސީޒަންގެ މަސައްކަތްތައްކުރިއަށްދާކަމުގެ ޚަބަރުތަކާއެކު، ބެލުންތެރިން މިހާރު ތިބީ މި ސީޒަން ބަލާލުމަށްކެތްމަދުވެފައެވެ. ހާއްސަކޮށް “އާތް ކިންގްޑަމް” އިން ފެނިގެންދާނެ އާ ކެރެކްޓަރުންނާއި،އޭންގްގެ ދަތުރުގެ ކުރިއަށް އޮތް މަރުހަލާތައް ބަލާލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.
ނެޓްފްލިކްސް އިން ހާމަކޮށްފައިވާ ގޮތުގައި، ސީޒަން 2 ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، 2026 އަހަރުގެ ވަކި ކޮން ތާރީޚެއްގައި ކަމެއް އަދިކަނޑައެއް ނާޅައެވެ. މި ސީރީޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއްހޯދާފައިވާ ސީރީޒަކަށް ވުމާއެކު، އައު ސީޒަނަށް ގިނަ ބަޔަކު ދަނީ ކެތްތެރިކަމެއް ނެތިއިންތިޒާރު ކުރަމުންނެވެ.
“ދަ ލާސްޓް އެއަރ ބެންޑާ” ބަލަމުން އަންނަ ފަރާތްތަކުން މިހާރު ތިބީ މި އައު ސީޒަންފެށޭނެ ދުވަހަކަށް ކެތްމަދުވެފައެވެ. ސީޒަން 1 ނިމުނު ގޮތުން އުފެދުނުޝައުގުވެރިކަމާއެކު، ކުރިއަށް އޮތް ދެ ސީޒަނުން ވާހަކައިގެ އަސްލު ނިމުމާ ހަމައަށްވާސިލްވެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.
