ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޯދަމަހަށް ފަހު “މާމުއި”ގެ ޝޫޓިން ފަށަނީ

ޑާކްރެއިން އެންޓަޓައިންމަންޓުން އުފެއްދުމަށް ހަމަޖެހިފައިވާ ފިލްމު “މާމުއި” ގެ ޝޫޓިން ރޯދަމަހަށް ފަހު ފަށާނެ ކަމަށް މިވަގުތު ރާއްޖޭގެ އެންމެ މަޤުބޫލު ޕްރޮޑަކްޝަން ހައުސް އިން ބުނެފި އެވެ. އެގޮތުން ޝޫޓިން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އެ ޕްރޮޑަކްޝަން ހައުސް އިން އަންނަނީ ވަމުންނެވެ.

މި ފިލްމުން ފެންނާނެ ތަރިންނަކީ އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، ނުޒުހަތު ޝުއައިބު، މާރިޔާ ތެރެސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. އަދި މީގެ އިތުރުން މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، ހަމްދާން ފާރޫގް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ މިފިލްމުން ފެނިގެންދެއެވެ.

މި ފިލްމުގެ ކާސްޓުންތައް މިހާރު އިއުލާންކޮށްފައިވާއިރު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މީގެ ކުރިން ބުނެފައި ވަނީ “މާމުއި” އަކީ ވަރަށް ތަފާތު ކޮމެޑީ ފިލްމެއް ކަމަށެވެ.

މި ފިލްމު ނެރުމަށް ތާވަލް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ތެރޭގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top