ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޯލްޑަން ފުޓްސަލް ޗެލެންޖް ގަދަ 16 މެޗްތައް ފަށަނީ
ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅިރާއްޖެ ހުޅުވާލައިގެން ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް” 2026ގެ ގަދަ 16ގެ ގުރުއަތުލުން ބާއްވައިފިއެވެ.

ރޭ އާންމުކުރި ތާވަލްގައިވާގޮތުން ގަދަ 16ގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަދުވަހު ހަވީރުއެވެ. 16:00 ގައި ފަށާ ފުރަތަމަ މެޗްގައި އެއް ނަންބަރު ދަނޑުގަ ރ. ދުވާފަރާއި ސ. ހިތަދޫ ބައްދަލުކުރާއިރު، ދެވަނަމެޗްގައި ދެ ނަންބަރު ދަނޑުގައި ބ. އޭދަފުއްޓާއި މައްޗަންގޯޅި ބައްދަލުކުރާނެ އެވެ.

ތިންވަނަ މެޗާއި ހަތަރުވަނަމެޗް 20:00 ގައި ފަށާއިރު އެއް ނަންބަރު ދަނޑުގައި ވާދަކުރާނީ ހދ. ނާވައިދޫއާ މ. ދިއްގަރެވެ. 2 ނަންބަރު ދަނޑުގައި ވާދަކުރާނީ އއ. މަތިވެރި އާއި ލ. އިސްދޫއެވެ. ފަސްވަނަ މެޗާއި ހަވަނަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ. އެއްނަންބަރު ދަނޑުގައި ތ. ތިމަރަފުއްޓާއި ހއ. މާރަންދޫ ވާދަކުރާއިރު ދެ ނަންބަރު ދަނޑުގައި ވާދަކުރާނީ ގއ. ދެއްވަދޫ އާއި ވ. ކެޔޮދޫ އެވެ. ގަދަ 16ގެ ފަހު ދެމެޗް ފެށުމަށް ހަމަޖެހިފައިވަނީ 22:45 ގައެވެ. އެއްނަންބަރު ދަނޑުގައި ދ. ކުޑަހުވަދޫ އާއި ށ. ކަނޑިތީމު ވާދަކުރާއިރު ދެނަންބަރު ދަނޑުގައި ވިލިމާލެ އާއި ކ. ގާފަރު ވާދަކުރާނެއެވެ.

މިމުބާރާތުގެ އެންމެފަހުގެ ޗެންޕިއަންއަކީ ކ. ކާށިދޫ އެވެ.

ފޮޓޯ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top