ނެޓްފްލިކްސް އިން ޕްރިމިއަރ ކުރުމަށް ތައްޔާރުވަމުން އަންނަ ސީރީޒެއްކަމުގައިވާ “ތަލާޝް”އަކީ ފާއިތުވެދިޔަ 9 އަހަރު، މަޔަކު އޭނާގެ ކިޑްނެޕްކޮށްފައިވާ ދަރިފުޅު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ވާހަކަ ކިޔައިދީފައިވާ ސީރީޒްއެކެވެ. ދަރިފުޅު ގެއްލުނުތާ ނުވަ އަހަރު ފަހުން ޖަވާބެއް ހޯދުމަށްޓަކައި، އޭނާ ކުރާ ހުއްޓުމެއް ނެތް މަސައްކަތުންވެސް ވަރަށް ހިތްދަތި ހަގީގަތެއް ހާމަވެގެންއެވެ. އެއީ އޭނާ ހޯދަމުން އައި ހަގީގަތަކީ ދުރުގައިވާ އެއްޗެއް ނޫންކަމާއި އެއީ އޭނާ އެންމެ އިތުބާރުކުރާ މީހުން ފޮރުވަމުން އައި ބައިވަރު ސިއްރުތަކެއްގެ ވާހަކައެވެ.
މިސީރިޒްގައި މައިގަނޑު ގޮތެއްގައި ގެނެސްފައިވަނީ ކިޑްނެޕިންގ ޑްރާމާއެކެވެ. މިސީރީޒްގެ މަޤްޞަދަކީ ހަމައެކަނި ހައިރާންކުރުވަނިވި ކަންކަމަށް ބަރޯސާވުމުގެ ބަދަލު، މީގެން ފެނިގެންދާ ބަތަލުންގެ އެކްޓިންއިން މިސްޓްރީ ކުރިއަށް ގެންދިއުމެވެ.
“ތަލާޝް”ގެ ޓީމުން މި ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ “‘ތަލާޝް: އަ މަދާޒް ސާޗް’ އަކީ މަޔެއްގެ އިޙްސާސްތަކާއި ލޯތްބާއި އަދި އެއްވެސް ހާލެއްގައި ޔަގީންކަމެއްނުވާ ގޮތަށް ބައްޓަންވެފައިވާ ދަތުރެކެވެ. މި ސީރީޒްގެ އަސާސަކީ އޭނާގެ ވަށައިގެންވާ މުޖުތަމަޢުން އޭނާގެ ހަގީގަތާމެދު ސުވާލު އުފައްދާ ހިނދު އޭނާގެ ޔަގީންކަން އޭނާ ކިހާ ދުރަކަށް ގެންގޮސްދޭނެކަން ދައްކުވައިދިނުމެވެ. ވަރަށް މޮޅު ތަރިންތަކެއްގެ ސަބަބުން މި ކިޑްނެޕިންގ ޑްރާމާ ކުރިއަށްދަނީ އިޙްސާސީ ތެދުވެރިކަމާއެކު މާބޮޑު އިޙްސާސާތެއް ދެއްކުމެއް ނެތި ތަރިންގެ އެކްޓިންގ އިން މިސްޓްރީއަށް މަގުދައްކަމުންނެވެ.
“އަހަރެމެން ވަރަށް އުފާވޭ މި ޝޯ ނެޓްފްލިކްސްއިން ޖާގަ ހޯދައި ބެލުންތެރިންނަށް މި ހިތްދަތި އަދި ފުން އިޙްސާސާތަކާ ގުޅިފައިވާ ދަތުރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭތީ.”
މި ސީރީޒް ކްރިއޭޓްކޮށްފައިވަނީ ރެންސިލް ޑިސިލްވާ އަދި ސިދްހާރތު ޕީ. މަލޮހޮތުރާ އެވެ. ޑައިރެކްޓަރަކީ ވެސް ރެންސިލް ޑިސިލްވާ އެވެ. ރައިޓިން ޓީމުގައި ހިމެނެނީ ރެންސިލް ޑިސިލްވާ، ރީވާ ރަޒްދާން، ހުސެއިން ދަލާލް އަދި އައްބާސް ދަލާލް އެވެ. ވާހަކައަށް އިތުރު ފުންކަމެއް ގެނެސްދިނުމަށް ލިޔުންތެރިއެއްގެ ގޮތުގައި ކައުސަރް މުނީރް މަސައްކަތްކޮށްފައިވެއެވެ. މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ސިދާތު ޕީ. މަލްހޮތުރާ އަދި ސަޕްނާ މަލްހޮތުރާ އެވެ. ‘އަލްކެމީ ފިލްމްސް’ އިން ގެނެސްދޭ މި ސީރީޒް ކޯ-ޕްރޮޑިއުސްކޮށްފައިވަނީ ‘ރީލް ކަލްޕްރިޓްސް ފިލްމްސް’ގެ ދަށުން ޗާންދްނީ ޑިސިލްވާ އެވެ. ސަޕްނާ މަލްހޮތުރާ އަކީ މި ޕްރޮޖެކްޓްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުވެސްމެއެވެ.
ޕަރިނީތީ ޗޯޕްރާގެ އިތުރުން މި ސީރީޒުން ފެނިގެންދާނެ ވަރުގަދަ ތަރިންގެ ތެރޭގައި ސޯނީ ރާޒްދާން، އަނޫޕް ސޯނީ، ޖެނިފަރ ވިންގެޓް، ތާހިރް ބާސިން ހަރްލީން، ސެތީ ދްރޫވް ޗޯދަރީ އަދި ސުމީތް ވިޔާސްވެސް ހިމެނެއެވެ. އޮޅުންބޮޅުން ވާހަކައަކާއި ގިނަބައެއްގެ ތަޢުރީފު ލިބިފައިވާ ޓީމަކާއި އަދި ވަރުގަދަ އެކްޓިންގއަށް މަޝްހޫރު ތަރިންތަކަކާއެކު ‘ތަލާޝް: އަ މަދާޒް ސާޗް’ އަންނަނީ ނެޓްފްލިކްސް އިންޑިއާއިން ގެނެސްދޭ އެންމެ ފޯރިގަދަ އެއް ތްރިލާ ސީރީޒްއަށް ވެގެންނެވެ. މިއީ 2026 ވަނަ އަހަރު ބެލުންތެރިންގެ އިޙްސާސާތަކާ ކުޅެލާނެ ފަދަ ތަޖުރިބާއަކަށް މަގުފަހިކޮށްދޭނެ ސީރީޒަކަށް ވާނެކަމަށް ބެލެވެއެވެ.
