މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް” 2026 ގެ ކުއާރޓަރ ފައިނަލްގެ މެޗްތައް މާދަމާރޭ އޮންނާނެއެވެ.
ކުއާޓާރ ފައިނަލް މެޗްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ މެޗްގައި މާދަމާރޭ 20:00 ގައި 1 ނަންބަރު ދަނޑުގައި ވާދަކުރާނީ ދުވާފަރާއި އޭދަފުށްޓެވެ. ހަމަ އެގަޑީ ކުޅެވޭ ދެވަނަ މެޗްގައި 2 ނަންބަރު ދަނޑުގައި ވާދަކުރާނީ ނައިވާދޫ އާއި މަތިވެރި އެވެ.

ފޮޓޯ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗާއި ހަތަރުވަނަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 22:00 ގައެވެ. 1 ނަންބަރު ދަނޑުގައި ތިމަރަފުށްޓާއި ދެއްވަދޫ ވާދަކުރާއިރު 2 ނަންބަރު ދަނޑުގައި ވާދަކުރާނީ ކުޑަހުވަދޫ އާއި ވިލިމާލެއެވެ.
ސާފް ފުޓްސެލް ޗެންޕިއަންސިޕްގެ ތަށި ދިވެހިރާއްޖެއަށް ހޯދައިދިން ޤައުމީޓީމުގެ މުހިންމު ކުޅުންތެރިންތަކެއް މިމެޗްތަކުގައި ކުޅޭނެއެވެ.
