ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނިލްގެ “ސުބޭދާރް” ގެ ޓީޒާ ވަރަށް ފައްކާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް ލީޑް ރޯލުން ފެނިގެންދާ “ސުބޭދާރް” ގެ ޓީޒާ އާންމުކޮށްފިއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ “ސުބޭދާރް” ގައި އަނިލްގެ އިތުރުން މުހިންމު ބައިތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ރާދިކާ މަދަން، ސައުރަބް ޝުކްލާ، އަދިތުޔާ ރާވަލް، މޯނާ ސިންގް އަދި ފައިސަލް މަލިކް ފަދަ ތަރިން ހިމެނެއެވެ.

ޤައުމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާންވެސް ތައްޔާރަށް ހުންނަ ސިފައިންގެ މީހެއްގެ ރޯލުން އަނިލް ފެނިގެންދާ މި ފިލްމުގައި ކިޔައިދޭނީ މަގުމަތީ ގުރޫޕުތަކާއި، ސަރުކާރު އޮފީސްތަކުގައި އޮންނަ ކޮރަޕްޝަނާއި އިހުމާލުވުން ފަދަ އިޖުތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަރުޖުން ކުރާ މަސައްކަތްތަކެވެ. އަދި އަމިއްލަ ގެދޮރާއި ދަރިފުޅާ އޮތް ނުތަނަވަސް ގުޅުން އިސްލާހުކުރަން ކުރާ މަސައްކަތްތައްވެސް މި ފިލްމުގައި ދައްކުވައިދޭނެއެވެ.

ސުރޭޝް ޓްރިވޭނީ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާ ފިލްމު ޕްރޮޑިއުސްކުރީ ސުރޭޝްގެ އިތުރުން ވިކްރަމް މަލޯޓްރާ އާއި އަނިލް ކަޕޫރް ގުޅިގެންނެވެ.

“ސުބޭދާރް” ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ މާރިޗު މަހު 5 ވަނަ ދުވަހު އޯޓީޓީ ޕްލެޓްފޯމް ޕްރައިމް ވީޑިއޯ އިންޑިއާގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top