ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލޭ ހަދިޔާކުރުމުގެ ހަރަކާތެއް އޮލިމްޕިކް ކޮމެޓީން ބާއްވަނީ

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ލޭ ލިބުން ދަތިވެ އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ބުލަޑު ބޭންކުން ވަނީ އެދިފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިފަދަ ހަރަކާތެއް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ މުޖުތަމައަށް އެހީތެރިވުމާއި ހިލޭސާބަހަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަން ކުރިއެރުވުމެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް އޮންނާނީ 16 ފެބުރުވަރީ 2026 ދުވަހު މެންދުރުފަހު 14:00 އިން 18:00 އަށް ސޯޝަލް ސެންޓަރުގައެވެ.

މިހަރަކާތުގައި ބައިވެރިވެ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާއި ގުޅިގެން ދިރިއުޅުމުގެ ހަދިޔާ ދިނުމަށް އެތުލީޓުންނާއި އޮފިޝަލުންނާއި އެންއެސްއޭގެ މެމްބަރުންނަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ދައުވަތު އަރުވައެވެ.

އެންމެ ހަދިޔާއަކުން ވެސް ހާލުގައި ޖެހިފައިވާ މީހެއްގެ ފުރާނަ ސަލާމަތް ކުރަން ތަފާތެއް ގެނެސްދެވިދާނެކަމަށާއި، މިމަތިވެރި މަސައްކަތުގައި ވީހާވެސް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން އުންމީދުކުރާ ގޮތް ކަމަށް ވެސް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މަޢުލޫމާތު ދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top