ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދަ ގްރާންޑޭ ކައިރިން ސިފައިން މޮޅުވެއްޖެ
ފޮޓޯ: ދިވެހި ސިފައިންގެ ކުލަބު

އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ ވެޓަރަންސްކަޕް 2026ގެ މިއަދުގެ މެޗުން ދިވެހި ސިފައިންގެ ކުލަބު މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބާއި ދަ ގުރާންޑޭ ބައްދަލުކުރި މެޗުން ދިވެހި ސިފައިންގެ ކުލަބު މޮޅުވީ 2-0 އިންނެވެ. މިއަދުގެ މެޗުގައި ދިވެހި ސިފައިންގެ ކުލަބު ލަނޑު ޖަހާފައިވަނީ ދެހާފުގައި ދެލަނޑެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނިޓްގައި ދިވެހި ސިފައިންގެ ކުލަބަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަންބަރު 18 އިބްރާހިމް މުހައްމަދު އެވެ. އިބްރާހިމް މުޙައްމަދު މިލަނޑު ޖެހީ ދަ ގްރާންޑޭގެ ހާފުގެ މެދަށްވުރެ އޭރިޔާއާ ކައިރިން އޭނާއަށް ލިބުނު ބޯޅަ، ހޯދަން މަސައްކަތްކުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު މުޅިން ހުސްކޮށް އޭރިޔާތެރެއަށް ވަދެ ތިރިތިރިން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ.

މިހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑުޖަހާނެ ފުރުސަތުތައް ދެޓީމަށް ވެސް ވަނީ ލިބިފައެވެ.

ދިވެހި ސިފައިންގެ ކުލަބުގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައި ދިނީ، ފުރަތަމަ ޑިވިޝަންގައި ކުރިން މޮޅު ކުޅުމެއް ދެއްކި އަހްމަދު ރަޝީދު (އަންމަޑޭ) އެވެ. މިލަނޑަކީ އަހްމަދު ރަޝީދު އާއި އިބްރާހިމް މުޙައްމަދު ވަރަށް ރީތިކޮށް ޕާސް ޖަހާލައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މިލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ދެޓީމަށް ލިބި ބޭނުން ނުކުރެވިފައެވެ.

މާދަމާ ވެސް މިމުބާރާތުގެ މެޗެއް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވި ނިއުރޭޑިއަންޓާއި ވިލިމާލެ ޔުނައިޓެޑެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top