ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެޓަރަންސް ކަޕް ދެވަނަ މެޗުން މުއިވެޔޮ މޮޅުވެއްޖެ
ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ރީހާން

އެފްއޭމުން އިންތިޒާމްކޮށްގެން ބާއްވާ ވެޓަރަންސްކަޕް 2026 ގެ ދެވަނަ މެޗުން މުއިވެޔޮ ފްރެންޑްސް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗުން މުއިވެޔޮ ފްރެންޑްސް މޮޅުވީ 1-0 އިންނެވެ. މިއަދުގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު ދެވަ ހާފުގައި، މެޗްގެ 52 ވަނަ މިނިޓްގައި މުއިވެޔޮ ފްރެންޑްސްއަށް ޖަހައި ދިނީ އެޓީމުގެ ޖޯޒީ ނަންބަރު 8 މުހައްމަދު ސަހީމު އެވެ.

މުޅިމެޗްގައި އެންމެ ލަނޑެއް ފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށް ވެސް ލިބުނެވެ.

ގުރޫޕް އޭގެ ފުރަތަމަ މެޗް އިއްޔެ ކުޅެފައިވާއިރު، މިއަދުގެ މެޗަކީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ.

މިމުބާރާތުގެ ތިންވަނަ މެޗް މާދަމާ ހަވީރު އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގުރޫޕް އޭ ގައި ހިމެނޭ ޔުނައިޓެޑް ވިކްޓަރީ އާއި ބުރު ސްޕޯރޓްސް އެވެ

މިވެސް ކިޔާލަން:  ދުނިޔޭގެ ފެނުގެ ދުވަހުގެ ހާއްސަ ހިތާބު
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top