ނިއުޔޯކް ޔުނިވަރސިޓީގެ ލެންގޯން ހެލްތުގެ ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ، އުމުރުން ދުވަސްވުމުން ދިމާވާ “އޭޖް-ރިލޭޓެޑް މެކިއުލާ ޑީޖެނެރޭޝަން” (އޭ.އެމް.ޑީ) ނުވަތަ އުމުރާ ގުޅިގެން ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުން ދަށްވުން ކުޑަކޮށްދޭނެ ކަމެކެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް ލޮލުގެ ފެނުން ބަލިކަށިވުމާއި، ލޮލުގެ އެކި ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. ޚާއްޞަކޮށް އޭ.އެމް.ޑީ އަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ކުރިމަތިވާ ޞިއްޙީ މައްސަލައެކެވެ.
އެމެރިކަން މެކިއުލާ ޑިޖެނެރޭޝަން ފައުންޑޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އުމުރުން 60 އަހަރުން މަތީގެ މީހުންގެ ފެނުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މި ބަލީގެ ސަބަބުން ދިރިއުޅުމުގެ އާންމު ކަންކަން ކަމުގައިވާ ލިޔުންތައް ކިޔުމާއި، ދުއްވާ އެއްޗެހި ދުއްވުމުގެ އިތުރުން މީހުންގެ މޫނުތައް ވަކިކުރަން އުނދަގޫވުން ފަދަ ދަތިތަކާ ކުރިމަތިވެއެވެ. މި ބައްޔަށް މިހާތަނަށް ވަކި ޚާއްޞަ ފަރުވާއެއް ހޯދިފައި ނުވާތީ، ގިނަ އެކްސްޕާޓުން ބާރުއަޅުއްވަނީ ކުރިއާލާ ބަލިތައް ދެނެގަތުމަށާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އިސްތިރާޖީ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.
ނިއުޔޯކް ޔުނިވަރސިޓީގެ ލޮލުގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރު (އޮޕްތަލްމޮލޮޖިސްޓް) ވައިދޭހީ ޑެޑާނިއާ ވިދާޅުވި ގޮތުގައި، ބަލި ބޮޑުވާ ހާލަތްތަކުގައި ސީދާކޮށް ހުންނަ ރޮނގުތައް ގުދުކޮށް ފެނުމާއި، ފެނުމުގެ މެދުން އަނދިރި ލައްތަކެއް ފެނުން ނުވަތަ ފުސްވުން ފަދަ ކަންކަން ދިމާވެއެވެ. ފެނުން ބަލިކަށިވުމަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް އުނދަގޫވެ ވެއްޓުމުގެ ނުރައްކާ އިތުރުވުމާއި، މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމަށް ދަތިވެ، އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވެގެންދެއެވެ.
ޑޮކްޓަރު ޑެޑާނިއާ ވިދާޅުވި ގޮތުގައި،
“އަޅުގަނޑުމެން މި މިސްރާބު ޖަހަނީ ހަމައެކަނި ފެނުން ގެއްލުމުން އެކަމަށް އިޖާބަދޭ ދުނިޔެއަކަށް ނޫން. އޭގެ ބަދަލުގައި، ކުރިން ގިނަ ބަޔަކަށް ދިމާވުން ކޮންމެހެން ލާޒިމު ކަމެއްގެ ގޮތުގައި އޮތް މި ހާލަތް މެދުވެރިވިޔަނުދީ ހުއްޓުވައި، އެކަން ލަސްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް.”
އޭ.އެމް.ޑީ ޖެހުމުގެ މައިގަނޑު ސަބަބަކީ އުމުރާއި އާއިލީ ތާރީޚު ކަމަށް ވީނަމަވެސް، ތިރީގައިވާ ފަސް ކަމަށް ސަމާލުކަން ދިނުމުން މިބަލީގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.
1- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން:
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލޮލުގެ ފެނުން ދަށްކޮށްދޭ ކަންތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމެވެ. ދުންފަތުގެ ސަބަބުން ލޮލުގެ ރެޓިނާގެ ސެލްތަކަށް ގެއްލުންވެ، ފެނުން ދަށްވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ބަލި އަވަހަށް ބޮޑުވުމާއި ފަރުވާގެ ނަތީޖާ ދަށްވުން ފަދަ ކަންކަން މެދުވެރިވެއެވެ. ޚާއްޞަކޮށް އާއިލާގައި މި ބަލި ހުންނަ މީހުން ދުންފަތާ ދުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

2. ފައިދާހުރި ކާނާ ބޭނުންކުރުން:
ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ ލޮލުގެ ފެނުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭ ކަމެކެވެ. މާބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި، ހަކުރާއި ސަރުބީ ގިނަ ކާނާ ބޭނުންކުރުމަކީ މިބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ. ޑޮކްޓަރު ލަފާދެއްވަނީ ފެހިކަން ގަދަ ފަތުގެ ބާވަތްތައް ގިނަކުރުމަށާއި، ވަކިން ޚާއްޞަކޮށް “މެޑިޓެރޭނިއަން ޑައިޓް” ފަދަ ސިއްހީ ގޮތުން ރަނގަޅު ކާނާގެ ނިޒާމަކަށް އަމަލުކުރުމަށެވެ.

“މިއީ މިހާރުވެސް ދިރާސާކުރެވެމުންދާ ކަންކަމެވެ. ނަމަވެސް އަޅުގަނޑުމެން ކާބޯތަކެތީގެ އާދަކާދައިގެ ސަބަބުން، މެކިއުލާ ޑިޖެނެރޭޝަންގެ ނުރައްކާ އޮތް މިންވަރަށާއި ބަލި ބޮޑުވާ މިންވަރަށް އަސަރުކުރާކަން ކަށަވަރުކަމާއެކު އެނގެއެވެ،” ފޮކްސް ނިއުސް ޑިޖިޓަލްއަށް މައުލޫމާތު ދެއްވަމުން ޑެޑާނިއާ ވިދާޅުވިއެވެ.
ވަކި ޚާއްޞަ ވިޓަމިންތަކެއް ހިމެނޭ “AREDS2” ފޯމިއުލާއަކީ އޭ.އެމް.ޑީ ބަލި ބޮޑުވުން ލަސްކޮށްދޭކަން ދިރާސާތަކުން ދައްކާފައިވާ އެއްޗެކެވެ. ބަލީގެ މެދު މިންވަރަކަށް ވާސިލުވުމަށްފަހު މި ސަޕްލިމެންޓް ބޭނުންކުރުމަކީ އެންމެ އެދެވޭ ނަތީޖާ ލިބޭނެ ގޮތް ކަމަށް މާހިރުން ފާހަގަކުރެއެވެ.
“ބަލިމީހުންނަށް މި ސަޕްލިމެންޓްތައް ބަލީގެ ކުރީކޮޅު ބޭނުންކުރެވިދާނެ ނަމަވެސް، މީގެން ފައިދާކުރާކަމުގެ ހެކި ލިބިފައިވަނީ ބަލީގެ މެދު މިންވަރަކަށް ވާސިލުވުމަށްފަހު ބޭނުންކުރުމުންނެވެ،”ޑޭޑާނިއާ ފާހަގަކުރެއްވިއެވެ.
ސަޕްލިމެންޓް ގަންނައިރު އޭގައި “AREDS2” ޖަހާފައިވޭތޯ ޔަގީންކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
4. ގަވާއިދުން ކަސްރަތުކުރުން:
ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ބަލިތައް ފެތުރުން މަޑުޖައްސައިދޭ ސިއްހީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސެވެ.
“ކަސްރަތަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ މައިގަނޑު އެއް އަސާސެވެ،” ޑެޑާނިއާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދީ، މެކިއުލާ ޑިޖެނެރޭޝަން ހުންނަ ބަލިމީހުންގެ ބަލި އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

“ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.”ކަސްރަތަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ މައިގަނޑު އެއް އަސާސެވެ،” ޑެޑާނިއާ އިތުރަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ އޮކްސިޑޭޓިވް ސްޓްރެސް ނުވަތަ ހަލާކުވުން ކުޑަކޮށްދޭ ކަމެކެވެ. މިއީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަމެއް ނަމަވެސް، މެކިއުލާ ޑިޖެނެރޭޝަން ހުންނަ ބަލިމީހުންގެ ބަލި އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް ކަސްރަތުން އެހީތެރިވެދޭކަން އެކި ދިރާސާތަކުން ދައްކައެވެ.
5. ގަވާއިދުން ލޯ ޗެކްކުރުން:
ބަލީގެ ކުރީކޮޅު އެއްވެސް އަލާމާތެއް ނުފެނިދާނެތީ، ގަވާއިދުން ލޮލުގެ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

“ބަލިމީހުންނަށް މެކިއުލާ ޑިޖެނެރޭޝަން ޖެހިފައި ހުރެދާނެ، ނަމަވެސް އެކަން އެމީހުންނަށް ނޭނގި އޮވެދާނެ،” ޑެޑާނިއާ ވިދާޅުވިއެވެ.

“އުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކުވެސް އާންމުކޮށް ލޯ ޗެކްކުރުމަށާއި، އާއިލީ ތާރީޚުގައި މި ބަލި ހުރިތޯ ބަލައި އެ މަޢުލޫމާތު ޑޮކްޓަރާ ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ އިތުރަށް އިރުޝާދު ދެއްވިއެވެ.
