ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޗުއްޓީ ހޭދަކުރުމުގައި ޖީލުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ހާމަވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ޗުއްޓީ ހޭދަކުރުމާމެދު ދެކޭގޮތް، އެ މީހަކު ނިސްބަތްވާ އުމުރުފުރާއަށް ނުވަތަ ޖީލަށް ބަލައި މުޅިން ތަފާތުވާކަން ދިރާސާއަކުން ދައްކައިފިއެވެ. ބޭރުގެ މަޝްހޫރު މަޖައްލާއެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އެންމެ ޒުވާން ޖީލާއި، މެދު އުމުރުގެ މީހުން އަދި ދޮށީ އުމުރުގެ މީހުން ޗުއްޓީގެ ބޭނުން ހިފަނީ ތަފާތު މަޤުސަދުތަކެއްގައެވެ.

މި ދިރާސާއިން ދައްކާގޮތުގައި، އެންމެ ހަގު ޖީލުގެ ޒުވާނުންނަށް ޗުއްޓީއަކީ ހަމައެކަނި އަރާމުކޮށްލުމެއް ނޫނެވެ. އެ މީހުން ބޮޑަށް އިސްކަންދެނީ އައު ތަޖުރިބާތަކެއް ހޯދުމަށާއި، ދުނިޔޭގެ އެކި ސަގާފަތްތައް ބަލައިލުމަށެވެ. އަދި މީސްމީޑިއާއަށް ފޮޓޯއާއި ވީޑިއޯ ލެވޭނެ ފަދަ، ފޮޓޯ ނެގުމަށް ހިތްގައިމު މަންޒިލްތަކަށް އެ މީހުންގެ ޝައުޤުވެރިކަން މާ ބޮޑެވެ.

ޒުވާން އުމުރުގެ މީހުންނަށް ބަލާއިރު، އެ މީހުން ޗުއްޓީ ބޭނުންކުރަނީ އާންމު ދިރިއުޅުމުގެ ބުރަ މަސައްކަތުން ދުރުވެ، ނަފުސާނީ ހަމަޖެހުމާއި ތާޒާކަން ހޯދުމަށެވެ. އެ މީހުން ބޮޑަށް ބޭނުންވަނީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށާއި، ހަށިގަނޑާއި ސިކުނޑިއަށް އަރާމު ލިބޭނެ ފަދަ މަންޒިލްތަކެވެ.

މެދު އުމުރާއި ދޮށީ އުމުރުގެ ޖީލުތަކުގެ ވިސްނުން މީގެ މުޅިން ތަފާތެވެ. މެދު އުމުރުގެ މީހުން ޗުއްޓީއަށް ދަނީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ދަރިންނާއެކު އުފާވެރި ހަނދާންތަކެއް އުފެއްދުމަށެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ޗުއްޓީއަކީ ގިނަ ދުވަހުގެ މަސައްކަތަށްފަހު ލިބޭ އުފާވެރި ހަދިޔާއެއް ކަމުގައި އެ މީހުން ދެކެއެވެ. އެހެންކަމުން، އެ މީހުން ބޮޑަށް އިސްކަންދެނީ އަގުބޮޑު، އަރާމު އަދި ރައްކާތެރިކަން ބޮޑު މަންޒިލްތަކަށެވެ.

މި ތަފާތުތައް އަންނަނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި، އައު އީޖާދުތަކަށް މީހުން ހޭނިފައިވާ މިންވަރުގެ ސަބަބުން ކަމަށް މާހިރުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް މިހާރު އަންނަނީ ކޮންމެ އުމުރުފުރާއަކަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top