ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ގޭގެ ފެންޑާ ސާފު ކުރަންވީ ކިތައް ފަހަރު؟

ގޭގެ ކުރިމަތީ ފެންޑާއަކީ އާއިލާއާއި ރަހުމަތްތެރިންނާއެކު ހިތްހަމަޖައްސާލުމަށް ބޭނުންކުރާ ހާއްސަ ތަނެކެވެ. ނަމަވެސް، މި ތަނުގެ ފުރިހަމަކަން ދެމެހެއްޓުމަށްޓަކައި، އާދައިގެ ސާފުކުރުމަކުން ފުއްދާލުމުގެ ބަދަލުގައި ފުންކޮށް ސާފުކުރުން (ޑީޕް ކްލީން) މުހިންމެވެ. ގިނަ ބަޔަކު މިކަމަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، މިއީ ގޭގެ ރީތިކަން ދެމެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.

ފެންޑާ ފުންކޮށް ސާފުކުރުމުގެ ފައިދާ

ސައުތު ކެރޮލައިނާގެ ފޫޓްހިލްސް އެކްސްޓީރިއާ ކްލީނިންގ ސާވިސަސްގެ ވެރިޔާ ވޭން ކްލާކް ފާހަގަކުރައްވާ ގޮތުގައި، ހަޑިކޮށް އޮންނަ ފެންޑާއަކުން ގެއަށް ވަންނަ މީހުންނަށް ފެންނާނީ ނޭދެވޭ މަންޒަރެކެވެ. “ރެސްޓޯރެންޓަކަށް ވަންނައިރު އެތަނުގެ ދޮރުމަތީގެ ބިއްލޫރިތަކާއި ތަޅުންގަނޑު ހަޑިކޮށް ހުރިނަމަ، އެތަނުން ކެއުމަށް ހިތްހަމައެއް ނުޖެހޭނެ. ހަމަ އެފަދައިން މީހެއްގެ ގެއަށް ވަންނަ މީހަކަށްވެސް އިހުސާސް ކުރެވޭނީ އެގޮތަށް،” ކްލާކް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަލާމަތީ ގޮތުން ބަލާއިރުވެސް މިއީ މުހިންމު ކަމެކެވެ. ފެންޑާގެ ތަޅުންގަނޑުގައި ހިރަފުސް ނުވަތަ ފެހި ޖަހާފައި ހުރުމުން، ވާރޭ ވެހުމުން އެތަން ކައްސާ ގޮތްވެއެވެ. މިއީ ގޭގެ ވެރިފަރާތަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއެކެވެ. އެހެންކަމުން، ގޯތިތެރެ ބަލަހައްޓާ ފަދައިން، ގޭގެ އެންމެ ފާޅުކަން ބޮޑު މި ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ސާފުކުރަންވީ ކިތައް ފަހަރު؟
ފެންޑާ ފުންކޮށް ސާފުކުރަންވީ ކިތައް ފަހަރުތޯ ކުރެވޭ ސުވާލަށް ކްލާކް ދެއްވާ ޖަވާބަކީ، އަހަރަކު މަދުވެގެން ދެ ފަހަރު އެކަން ކުރުމަށެވެ. އެއީ ގަސްގަހާގެހީގެ މަލުގައި ހުންނަ ފުށް (ޕޮލެން) ފޭބުން ހުއްޓޭ ދުވަސްވަރާއި، ފަތްތައް ފައިބާ ނިމޭ ދުވަސްވަރެވެ. ފައިބާފައި ހުންނަ ފަތްތަކާއި ގަސްގަހުގެ އޮށްތައް އަވަހަށް ކުނިނުކަހައިފިނަމަ، އޭގައި ހުންނަ އެސިޑްގެ ސަބަބުން ތަޅުންގަނޑުގައި ފިލުވަން އުނދަގޫ ލައްތަކެއް ޖެހިދާނެއެވެ.

މިވެސް ކިޔާލަން:  މިހިނގަމުންދާ އޭޕްރިލްމަހުގައި 4 ޕްލެނެޓެއް އެއް ސަފަކަށް އެތެރެނީ

ފުންކޮށް ސާފުކުރާނެ ގޮތް
ކްލާކް ލަފާދެއްވާ މައިގަނޑު މަރުހަލާތަކަކީ:

– ހުރިހާ ހިރަފުހާއި ކުނިތައް ކަހައި ސާފުކުރުން.
ހިރަފުސް ނުވަތަ އެނޫންވެސް ލައްތަކެއް ހުރިނަމަ، ފެނާއި ބްލީޗް އެއްވަރަކަށް އެއްކޮށްފައި ސްޕްރޭ ކުރުން.

– ހޮޅިން ފެން ޖަހައި މުޅި ސަރަހައްދު ދޮވެލުން.

ފެން ޖެހުމަށްފަހުވެސް ފަރުނީޗަރުތަކާއި، ފާރު ނުވަތަ ރެއިލިންގްސްގައި ލައްތަކެއް ހުރިނަމަ، އެއީ ފެއްސެވެ. އެފަދަ ތަންތަނަށް ކުރިން ބުނި ފެނާއި ބްލީޗްގެ މިކްސްޗަރު ބޭނުންކުރެވިދާނެއެވެ. ނަމަވެސް ސަމާލުވާންވީ ކަމަކީ، އެ މިކްސްޗަރު ޖެހުމަށްފަހު ހިކެންދެން ނުބެހެއްޓުމާއި، އަގުބޮޑު ލަކުޑި ނުވަތަ ހާއްސަ ފިނިޝިންގްސްތަކަށް މިއީ ބޭނުންކުރަން އެންމެ ރަނގަޅު އެއްޗަކަށް ނުވެދާނެ ކަމެވެ.

ކްލާކް ނިންމަވާލައްވަމުން ވިދާޅުވީ، ފެންޑާ ސާފުކޮށް ބެލެހެއްޓުމަކީ ގެ ބެލެހެއްޓުމުގެ އެންމެ މުހިންމު އެއް ބައި ކަމަށެވެ. އެއީ މެހުމާނުންނަށް އެންމެ ފުރަތަމަ ފެންނަ ތަނަށް ވުމާއި، އެންމެ ގިނައިން މީހުން ހިނގާބިނގާވެ އުޅޭ ތަނަށް ވުމުން، ސަލާމަތީ ގޮތުންނާއި ރީތިކަމުގެ ގޮތުން ބެލިޔަސް އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު މިކަން ކުރުން މަޖުބޫރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top