ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ނިމާލް ނިޔާވެއްޖެ

މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް މިއަދު ނިޔާވެއްޖެއެވެ. ނިމާލް ނިޔާވީ މިއަދު ހެނދުނު 06:50ގައި އައިޖީއެމް ހޮސްޕިޓަލުގައެވެ.

ނިމާލަށް ސްޓްރޯކެއް ޖެހުނީ 31 ޑިސެމްބަރު 2025ގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދިނުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިއެވެ.

ނިމާލް ނިޔާވީ ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން މަސައްކަތްފަށާފައި ވަނިކޮށެވެ.

އުމުރުން 62 އަހަރުގެ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

މިވެސް ކިޔާލަން:  ދިވެހި ފިލްމު "ހެހެސް" ލޯންޗުކޮށްފި
4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top