ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން މޮޅުވިޔަސް ޕޮލިހަށް ގުރޫޕްގެ ދެވަނަ

މިހާރު ކުރިޔަށްދާ އެފްއޭއެމް ވެޓަރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ނިމިއްޖެއެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ޔުނައިޓެޑް ވިކްޓަރީ އާއި ޕޮލިސް ކުލަބެވެ. މެޗަށް ނުކުތްއިރު ވެސް ސެމީ ފައިނަލްގެ ޖާގަ ޕޮލިހަށް ވަނީ ޔަޤީންވެފައެވެ. ހަމައެހެންމެ ޔުނައިޓެޑް ވިކްޓަރީ ވަނީ މުބާރާތުން ކަޓާފައެވެ.

މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗް ޕޮލިސް ކުލަބު ކާމިޔާބުކުރީ 5-0 އިންނެވެ. މިއަދުގެ މެޗްގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. ޕޮލިސް ކުލަބުން އުފެއްދި ދެ ހަމަލާއެއް ގޯލް ދަނޑިއަށް ވެސް އަމާޒުވިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުމާއިއެކު ޕޮލިސް ކުލަބުން ވަނީ މެޗްގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޝާން އެވެ.

ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރި ޕޮލިސް ކުލަބުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 37 ވަނަ މިނެޓްގައި ޢަލީ ރިޝްވާން އެވެ.

ޕޮލިސް ކުލަބުގެ ތިންވަނަ ލަނޑު 41 ވަނަ މިނިޓްގައި، ރިޝްފާން ޖަހައިދިންއިރު އެ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މުޙައްމަދު ޔަމީން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފުގައި ތަފާތު ދައްކަމުންދިޔަ ޕޮލިސް ކުލަބުން މި ހާފު ނިމުމުގެ ކުރިން ވަނީ އެ ޓީމުގެ 5 ވަނަ ލަނޑު ޖަހައިފައެވެ. 57 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޝާން އެވެ.

ގުރޫޕް ސްޓޭޖްގެ މެޗްތައް ނިމި ސެމީއަށް ދަތުރުކޮށްފައިވަނީ ގުރޫޕް އޭ އިން، ހުޅުމާލޭ ވެޓަރަންސް އާއި ޕޮލިސް ކުލަބު އަދި ގްރޫޕް ބީ އިން ވިލިމާލޭ ޔުނައިޓެޑާއި ނިއުރޭޑިއަންޓެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި 13 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ވިލިމާލޭ ޔުނައިޓެޑާއި ޕޮލިސް ކުލަބެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި 14 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ހުޅުމާލޭ ވެޓަރަންސް އާއި ނިއުރޭޑިއަންޓެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top