ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަކުލް މެހްތާ އަދި ޝިވާންގީ ޖޯޝީގެ އާ ވެބްސީރީޒްއެއް

– މިއީ “ބަޅޭ އައްޗޭ ލަގްތޭ ހޭ” ގެ ކުރޮސްއޯވާއެއް

މަޝްހޫރު އެކްޓަރު ނަކުލް މެހެތާ، ބަތަލާ ޝިވާންގީ ޖޯޝީއާއެކު ފަށާ އާ މަޝްރޫޢެއްގެ ޚަބަރު އާއްމުކޮށް ސަޕޯޓަރުންގެ މާޒީގެ ހަނދާންތައް އާކޮށްދީފިއެވެ.

އެކްޓަރު ނަކުލް މެހެތާ، ޝިވާންގީއާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެ ދެމީހުން އެކުގައި މަސައްކަތް ކުރާ އާ ޕްރޮޖެކްޓެއްގެ މައުލޫމާތު ވަނީ ދީފައެވެ. ޝޫޓިން ސެޓުން ނަގާފައިވާ މި ފޮޓޯއަށް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ސަޕޯޓަރުން ތިބީ މި އާ މަސައްކަތް ބަލާލުމަށް ނުހަނު ކެތްމަދުވެފައެވެ.

މާރިޗު 9 ވަނަ ދުވަހު ނަކުލް ހިއްސާކުރި މި ފޮޓޯގައި ދެ ތަރިންވެސް ފެންނަނީ ވަރަށް އުފާވެފައި ތިއްބައެވެ. ސްކޫލެއްގައި ނަގާފައިވާ މި ފޮޓޯގައި “ބެކް ޓު ސްކޫލް” (އަނބުރާ ސްކޫލަށް) މިހެން ލިޔެފައިވެއެވެ. މި ފޮޓޯއާއެކު ނަކުލް ލިޔެފައިވަނީ، ބެޓްމޭން މާސްކަކާއި، ކެފެއިން، ކޭކު އަދި ޝިވާންގީއާއެކު އަލުން ސްކޫލަށް ދާން ތައްޔާރުވަމުންދާ ކަމަށާއި، މި މަސައްކަތް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

ޝިވާންގީގެ މި އާ މަސައްކަތުގައި އޭނާ ފެނިގެންދާނީ ހިންދީ ޓީޗަރެއްގެ ރޯލުން ކަމަށް މީގެ ކުރިން ވެސް ވަނީ އަޑު ފެތުރިފައެވެ. އޭނާއަކީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ޓީޗަރެއް ކަމަށް ބުނެވުނު ނަމަވެސް، މިކަމާ ގުޅޭ ރަސްމީ ކަށަވަރުކަމެއް އަދި ލިބިފައެއް ނުވެއެވެ.

ނަކުލް ހިއްސާކުރި ސްކޫލްގެ ކްލާސްރޫމާއި ބޯޑު ފަދަ މަންޒަރުތަކުން ސަޕޯޓަރުންގެ ސްކޫލް ދައުރުގެ ފޮނި ހަނދާންތައް ވަނީ އާވެފައެވެ.
ޝިވާންގީ ވެސް ވަނީ މި ފޮޓޯ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މި ފޮޓޯއާއެކު ލިޔެފައިވަނީ “ރާމް ކަޕޫރު އަދި ބާގްޔާޝްރީ އީޔަރު އިން އަލްޓާނޭޓިވް ޔުނިވާސް” މިހެންނެވެ. މިއީ މަޝްހޫރު ޑްރާމާ ސިލްސިލާ “ބަޅޭ އައްޗޭ ލަގްތޭ ހޭ” އާ ގުޅުވައިގެން އޭނާ ބޭނުންކުރި އިބާރާތެކެވެ.

ޝިވާންގީ ޖޯޝީ އާއި ނަކުލް މެހެތާ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރަށް ވުމާއެކު، މި ޖޯޑުގެ ކެމިސްޓްރީ ބަލާލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top