ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެނަމާ ބޯޓު ބަންޑުންޖަހާލި ހިތާމަވެރި ކާރިސާ: ދިވެހި ތާރީޚުގައި ފޮހެލަން ދަތި ކަޅު ދުވަހެއް

ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު ނިޔާވި އެއް ކާރިސާއަކީ “އެނަމާ” ބޯޓު ބަންޑުން ޖަހާލި ހާދިސާއެވެ. މިމަހު 17 ވަނަ ދުވަހަކީ އެ ހިތާމަވެރި ޚާރިސާއަށް އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް، އެ ހަނދާންތައް އާވުމުން ކޮންމެ ދިވެހި ހިތަކަށްވެސް ފުން އަސަރެއް ކުރާ ދުވަހެކެވެ.

މި ކާރިސާ ހިނގާފައިވަނީ 17 މާރިޗު 2004 (26 މުޙައްރަމް 1425) ވީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ކާރިސާ ހިނގި ތަނަކީ ގދ. އަތޮޅު ތިނަދޫ ކައިރީގައި އޮންނަ “ކާޑެއްދޫ” ކަނޑުއޮޅީގައެވެ.

އެނަމާ ބޯޓަކީ ގދ. ތިނަދޫ މީހުން ގޮވައިގެން، އެ އަތޮޅު ގައްދޫގައި އޮތް ފުޓްބޯޅަ މެޗެއް ބަލަން ދިޔަ މީހުން އެނބުރި ރަށަށް ދަތުރުކުރި ބޯޓެވެ. މި ބޯޓު ބަންޑުން ޖަހާލަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ބޯޓަށް އުފުލޭ ވަރަށް ވުރެ އިތުރަށް މީހުން ބަރުކޮށްފައި ހުރުމާއި، އެ ވަގުތު ކަނޑު ގަދަވެފައި ހުރުން ހިމެނެއެވެ. ބޯޓު ބަންޑުން ޖަހާލި އިރު އޭގައި 122 މީހުން ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ބިރުވެރި ކާރިސާގައި ޖުމްލަ 24 މީހުން ނިޔާވިއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. މި ކާރިސާގައި ނިޔާވި މީހުންގެ ހަށިތައް ހޯދުމަށާއި، ދިރިތިބި މީހުން ސަލާމަތް ކުރުމަށް ސަރުކާރާއި، ސިފައިންނާއި، އަދި އަތޮޅުގެ ރައްޔިތުން ގުޅިގެން ބޮޑު މަސައްކަތްތަކެއް ކުރިއެވެ.

17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރު، ހިނގި މި ކާރިސާ ގައި ނިޔާވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކޮށްފައިވަނީ 19 މާރޗް 2004 ވީ ހުކުރު ދުވަހުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުކުރުނަމާދަށްފަހު އެ މައްޔިތުންގެ މައްޗަށް ވަނީ ކަށުނަމާދުކޮށްފައެވެ.

އެނަމާ ބޯޓުގެ ކާރިސާއަކީ މުޅި ރާއްޖެ ރޮއްވާލި، އަދި ވަކިން ޚާއްޞަކޮށް ގދ. ތިނަދޫގެ އެތައް އާއިލާއަކަށް ދުވަހަކުވެސް ފޫނުބެއްދޭނެ ވަރުގެ ބޮޑު ހިތާމައެއް ގެނުވި ހާދިސާއެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މި ކާރިސާގައި ނިޔާވި އެންމެހައި އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.

އާމީން.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަމީރު2 މަސް ކުރިން

ކާރިސާއެއްތަ؟ ހާދިސާއެއްތަ؟ ދޭތީގެ ތަފާތު ބަލާލާތި ލިޔުންތެރިޔާ.

Home
Menu
Search
Back to top