ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެމްސަންގް ފޯނުތަކުން އެޕަލްގެ އެއާޑްރޮޕް ބޭނުންކުރެވޭ ގޮތް ހަދަނީ

ސެމްސަންގްގެ ގެލެކްސީ އެސް 26 ސީރީޒް ބޭނުންކުރާ ފަރާތްތަކަށް އެޕަލްގެ އެއާޑްރޮޕް މެދުވެރިކޮށް ފައިލް ފޮނުވޭނެ އިންތިޒާމު ހަމަޖައްސަން އެ ކުންފުނިން ނިންމައިފިއެވެ.

ސެމްސަންގުން ބުނީ އެ ކުންފުނީގެ “ކުއިކް ޝެއާ” މެދުވެރިކޮށް އެއާޑްރޮޕް ސަޕޯޓް މި ހަފުތާ ތެރޭގައި ދޭން ފަށާނެ ކަމަށެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ލިބޭނީ ގެލެކްސީ އެސް 26، އެސް 26 ޕްލަސް އަދި އެސް 26 އަލްޓްރާ ބޭނުންކުރާ ފަރާތްތަކަށެވެ.

ސެމްސަންގުން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާނީ ދެކުނު ކޮރެއާގައެވެ. އެ ހަފުތާގެ ފަހުކޮޅު އެމެރިކާއަށް ތަޢާރަފުކުރާނެއެވެ. އޭގެ އިތުރުން ޔޫރަޕް، ހޮންކޮންގް، ޖަޕާން، ލެޓިން އެމެރިކާ، އިރުދެކުނު އޭޝިއާ އަދި ތައިވާނަށް ވެސް މި ޚިދުމަތް ދިނުމަށް ވަނީ ރާވައިފައެވެ. ސެމްސަންގްގެ އެހެން ފޯނުތަކަށް މި ޚިދުމަތް ދޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންޑްރޮއިޑް ފޯނުތަކާއި އައިފޯނާ ދެމެދު ފައިލް ބަދަލުކުރެވޭ މި ފީޗާ އެންމެ ފުރަތަމަ ތަޢާރަފުކުރީ 2025 ވަނަ އަހަރުގެ ފަހުކޮޅު ގޫގުލް ޕިކްސެލް 10 ފޯނުތަކަށެވެ. ފާއިތުވި ހަފުތާތަކުގައި ޕިކްސެލް 9 ސީރީޒަށް ވެސް މި ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. އަދި އޮޕޯ ކުންފުނިން ވެސް ވަނީ މި މަސް ނިމުމުގެ ކުރިން އެ ކުންފުނީގެ ފޯނުތަކަށް މި ޚިދުމަތް ދޭން ފަށާނެ ކަމަށް އިޢުލާންކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top