ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާޖްކުމާރް ރާއޯގެ “ޓޯސްޓަރު” ނެޓްފްލިކްސްއަށް

ބޮލީވުޑް އެކްޓަރު ރާޖްކުމާރް ރާއޯ އަދި ސާނިޔާ މަލޯޓްރާގެ ފިލްމު “ޓޯސްޓަރް” ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމާ ތާރީޚު އިއުލާނުކޮށްފިއެވެ.

ރާޖްކުމާރް އާއި ސާނިޔާގެ އިތުރުން އަރްޗަނާ ޕުރާން ސިންގް، އަބީޝެކް ބެނާރްޖީ، ފަރާ ޚާން، އުޕެންދުރަ ލިމާޔޭ، ވިނޯދު ރާވަތު، ޖީތެންދުރަ ޖޯޝީ އަދި ސީމާ ޕެހްވާ މައިގަނޑު ރޯލުތަކުން ފެނިގެންދާ “ޓޯސްޓަރް” އަކީ ޑާކް ކޮމެޑީއެކެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަލަތު ކައިވެނިކުރި ދެމަފިރިއަކަށް ހަދިޔާކުރި ޓޯސްޓަރަކަށް ބުއްދި ޤަބޫލުނުކުރެވޭ މިންވަރަށް ދަހިވެ އެއަށް ހިތްކިޔާ މީހެއްގެ މައްޗަށެވެ. މީގެ ސަބަބުން މީހުން މެރުމާއި ބޮޑެތި ހަމަނުޖެހުންތަކެއް ހިމެނޭ ސިލްސިލާ ހާދިސާތަކެއްގެ ތެރެއަށް އޭނާއަށް އޮޅިގެން ވަދެވިގެންދާ ގޮތް މަޖާ ގޮތަކަށް މި ފިލްމުގައި ދައްކުވައިދޭނެއެވެ.

ވިވެކް ދާސް ޗޯދަރީ ޑައިރެކްޓްކޮށްފައިވާ މި ޑާކް ކޮމެޑީއަކީ ކަމްޕާ ފިލްމްސްގެ ކުޑައިގެ ދަށުން ރާޖްކުމާރް ރާއޯ އާއި އޭނާގެ އަންހެނުން ޕަޓްރަލޭކާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މިއީ މި ދެ ތަރިން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.

ނެޓްފްލިކްސް ގައި “ޓޯސްޓަރް” ރިލީޒްކުރަން ނިންމާފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top