ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
“މެލޭޒް” އެނގޭތަ؟ ސަމާލުވޭ!

“މެލޭޒްއޭ!؟ އެއީ ކޯއްޗެއް؟”

“މެލޭޒްއޭ!؟ އަދި އަލަށް ތިހެން ކީ އަޑުވެސް މި އެހީ.”

“މެލޭޒްއޭ!؟ ނޭނގެ ކޯއްޗެއް ކަމެއް.”

މިއީ އަޅުގަނޑު “މެލޭޒް” އެނގޭތޯ އެހުމުން ބައެއް ފަރާތްތަކުން ދިން ޖަވާބުތަކެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް ކޮންމެހެން ވެސް އެނގުން މުހިންމު މަޢުލޫމާތުތަކެއް ކަމަށް ޤަބޫލުކުރެވޭތީ މިކަމާ ބެހޭ މަޢުލޫމާތުތަކެއް ހިއްސާކޮށްލާނަމެވެ.

“މެލޭޒް” އަކީ ކޮބާ؟

ބައެއް ދުވަސްދުވަހު ކޮންމެވެސް ކަމެއް ގޯސްކަމުގެ އިހުސާސްކުރެވޭ ގޮތްވެއެވެ. މަސައްކަތް ކުރުމަށް އާދަޔާ ޚިލާފަށް ބޮޑަށް ހިތްވަރު ބޭނުންވެއެވެ. ނިދުމުން ހަށިގަނޑަށް އާރޯކަމެއް ނުލިބެއެވެ. ހަށިގަނޑު ހަރަކާތްތެރިވި ނަމަވެސް އެކަން ކުރެވެނީ ބުރަހެލިކަމާއި އުނދަގުލާއެކުގައެވެ. މިއީ ސީދާ ބަލިވުމެއް ނޫނެވެ. މިއީ ސިއްޙަތު ސަލާމަތުން ހުރުމާއި ބަލިމަޑުކަމާ ދެމެދުގައިވާ ގިނަ މީހުންނަށް އަޅާނުލެވި ދޫކޮށްލެވޭ ހާލަތެކެވެ. ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް އެތައް ބަޔަކު ދިރިއުޅެމުން ދަނީ މި ހާލަތުގައެވެ. ޒަމާނީ ބޭސްވެރިކަމުގައި މި ހާލަތަށް ކިޔަނީ “މެލޭޒް” އެވެ.

މިފަދަ އިހުސާސްތައް ކުރެވެނީ ކީއްވެ؟

މީހަކު ސިއްޙަތު ސަލާމަތުން ހުރެފައި ކުއްލިއަކަށް ބަލިވަނީ ވަރަށް މަދު ފަހަރަކުއެވެ. އާންމުކޮށް ބަލިމަޑުކަމަކަށް ބަދަލުވަނީ މަޑުމަޑުންނެވެ. މި ހާލަތަށް މެދުވެރިވާ ބައެއް ސަބަބުތަކަކީ:

* ދިގުލައިގެންދާ ނަފްސާނީ ބުރަ

* ނިދީގެ ފެންވަރު ދަށްވުން

* ކާނާގެ މަދުކަން (ޚާއްސަކޮށް އަޔަން، ވިޓަމިން ޑީ އަދި ވިޓަމިން ބީ12)

* ހަށިގަނޑުގެ މެޓަބޮލިޒަމަށް އަންނަ ބަދަލުތައް (މިސާލަކަށް އިންސިއުލިން ރެސިސްޓެންސް)

މީހުންނަށް ފާހަގަނުކުރެވިދާނެ ކުދިކުދި އަލާމާތްތައް

މި މަރުހަލާގައި ފެންނަ ކަންކަމަކީ އާދައިގެ ކަންކަމަށް ހީވެދާނެއެވެ. ނަމަވެސް މި ކަންކަމަށް ސަމާލުވާން ޖެހެއެވެ.

* ސަބަބެއް ނޭނގި އަބަދު ވަރުބަލިވުން

* ބަނޑަށް އުނދަގޫވުން

* މޫޑު ދަށްވުން ނުވަތަ ކަންކަން ކުރުމުގެ ޝައުޤުވެރިކަން ކުޑަވުން

* ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން

މިކަމަށް އަޅާނުލައި ދޫކޮށްލުމުން ލިބޭ ގެއްލުން

މި ހާލަތުގައި ގިނަ ދުވަހު ހުރުމުން މަސައްކަތުގެ ފެންވަރު ދަށްވުމާއި ރުޅިގަދަވުމާއި ހަށިގަނޑުގެ ދިފާއީ ބާރު ދަށްވުމަށް މެދުވެރިވެއެވެ. އަދި މިއީ ހަކުރު ބަލި ނުވަތަ ތައިރޮއިޑް ފަދަ ބަލިތަކުގެ ކުރިން ފެންނަ އަލާމާތްތަކަށް ވެސް ވެދާނެއެވެ.

އެހީތެރިވެދޭނެ ކަންކަން

ކުދިކުދި ބަދަލުތަކުން ބޮޑެތި ކުރިއެރުންތައް ލިބިދާނެއެވެ.

* ދުވާލަކު މަދުވެގެން 30 މިނެޓު ހަރަކާތްތެރިވެ އުޅުން

* ހެނދުނުގެ އަވީގައި ވަގުތު ހޭދަކުރުން

* ސިއްޙަތަށް ފައިދާހުރި މިންހެޔޮ ކެއުން ބޭނުންކުރުން

* ނިދާ ވަގުތުތައް އެއްގޮތަކަށް ހިފެހެއްޓުން

އެންމެ މުހިންމު ކަމަކީ ހަށިގަނޑު ބޮޑު ބައްޔެއްގެ ތެރެއަށް ވެއްޓުމުގެ ކުރިން ހަށިގަނޑުން ދޭ ކުދިކުދި އިންޒާރުތަކަށް ސަމާލުކަންދީ ފަރުވާކުޑަނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.

ނޯޓް
ނޯޓް: މި މަޢުލޫމާތަކީ އިންޓަރނޭޝަނަލް މެޑިސިން އަދި އިމިއުނޮލޮޖީގެ މާހިރު ޑރ. އަންކުޝް ޕީ.އެމް ގެ އިރުޝާދުގެ ދަށުން ޓައިމްސް އޮފް އިންޑިއާ ނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top