ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަޓްކާ ކިންގް” އޭޕްރިލް 17 ގައި

ވިޖޭ ވަރްމާ ލީޑް ރޯލުން ފެނިގެންދާ ވެބް ސީރީޒް “މަޓްކާ ކިންގް” ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

1960ގެ އަހަރުތަކުގެ މުމްބާއީއަށް ބިނާކޮށްފައިވާ މި ސީރީޒްގައި ވިޖޭ ވަރްމާ ކުޅެނީ ކޮޓަން ޓްރެއިޑަރެއް ކަމަށްވާ ބްރިޖް ބައްޓީގެ ރޯލެވެ. ބައްޓީ “މަޓްކާ”ގެ ނަމުގައި ޖުވާ ކުޅިވަރެއް ފަށައި، ކުރިން މުއްސަނދިންގެ އަތްމަތީގައި އޮތް ދާއިރާއެއް އޭނާގެ ބާރުގެ ދަށަށް ގެނެސް ބޮޑު އެމްޕަޔާއެއް ބިނާކުރެއެވެ. ނަމަވެސް ކޮންމެ ބޮޑު ނިންމުމަކާއެކު ނުރައްކާތަކާއި ނަތީޖާތައް ވެސް ކުރިމަތިވެއެވެ. މި ސީރީޒް އިން އައިޑެންޓިޓީ، ސިއްރު އަދި ބާރުވެރިކަމުގެ ތީމްތައް ދައްކައިދެއެވެ.

މި ސީރީޒްއާ ގުޅޭގޮތުން ވިޖޭ ވަރްމާ ބުނީ “މަޓްކާ ކިންގް” ގައި މަސައްކަތްކުރުން ވީ ވަރަށް ފޯރިގަދަ ދަތުރަކަށް ކަމަށެވެ.

“މި ދުނިޔެއާއި މި ކެރެކްޓާއަށް ދިރުން ގެނައުން ވީ ގޮންޖެހުން ބޮޑު، އެހެން ނަމަވެސް ވަރަށް ހިތްހަމަޖެހުން ލިބުނު ތަޖުރިބާއަކަށް. މަޓްކާ ކިންގްއަކީ އެންމެ ފުނުގައި އުންމީދާއި، ބާރާއި، ކާމިޔާބީގެ އަގު ދައްކަން ޖެހުމުގެ ވާހަކައެއް.” ވިޖޭ ބުންޏެވެ.

މި ސީރީޒް އުފައްދައި، ލިޔެ، ޑައިރެކްޓްކުރީ ނާގްރާޖް ޕޮޕަޓްރާއޯ މަންޖުލޭއެވެ. ރޯއީ ކަޕޫރް ފިލްމްސް، އާތުޕަތު އަދި އެސް.އެމް.އާރް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާފައިވާ މި ސީރީޒްގައި ވިޖޭ އިތުރުން ކްރިތިކާ ކަމްރާ، ސާއީ ތަމްހަންކަރް، ސިދާތު ޖާދަވް، ބޫޕެންދުރަ ޖަދަވަތު، ގުލްޝަން ގްރޯވާ، ވިނީތު ކުމާރް ސިންގް، ބާރަތު ޖާދަވް، ގިރީޝް ކުލްކަރްނީ، ޖޭމީ ލީވާ، ކިޝޯރް ކަދަމް އަދި ސައިރަސް ސަހޫކަރް ފަދަ ތަރިން ހިމެނެއެވެ.

“މަޓްކާ ކިންގް” ރިލީޒްކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯގައި އޭޕްރިލް 17 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top