ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗެމްޕިއަން މާޒިޔާ ބަލިކޮށް ބުރު ސެމީ ފައިނަލަށް
ފޮޓޯ: އެފްއޭއެމް

އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ބަލިކޮށް ބުރު ސްޕޯޓްސް ސެމީ ފައިނަލުގެ އެންމެ ފަހު ޖާގަ ހޯދައިފިއެވެ.

މާޒިޔާ އާއި ބުރު މިރޭ ބައްދަލުކުރި މެޗު، ބުރު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ މާޒިޔާއިންނެވެ. 49 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ހަމްޒާ މުޙައްމަދު އެވެ.

މާޒިޔާގެ ދެވަނަ ލަނޑު ޖެހީ 61 ވަނަ މިނެޓުގައި މުޙައްމަދު އިލާން އިމްރާން އެވެ.

ބުރު ސްޕޯޓްސް އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 69 ވަނަ މިނެޓުގައި ޤާސިމް ތާއިފް އެވެ.

މާޒިޔާއަށް ދުލެއްނުދީ ގަދަ ހިތްވަރާއިއެކު ކުޅެމުންދިޔަ ބުރު ސްޕޯޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 71 ވަނަ މިނެޓުގައެވެ. ބުރަށް މި ލަނޑު ޖަހައިދިނީ ޑިއަވަންޑޫ ނިއަންގްއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބުރު ސްޕޯޓްސް ކުރި ހޯދީ 5-6 އިންނެވެ.

މި މެޗުން ހޯދި މޮޅާއިއެކު ބުރު ސްޕޯޓްސް އިން ސެމީ ފައިނަލްގައި ވާދަކުރާނީ މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ބަލިކުރި ޓީސީ ސްޕޯޓްސްއާ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ހަވީރުއެވެ. މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ބްލޫ ސްޕޯޓްސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top