ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އޮފީސް ލީގު 2026 ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން ސްޓެލްކޯ އާއި އެސްޓީއޯ އަދި އެމްއައިބީ އާއި އެމްޓީސީސީ ޖާގަ ހޯދައިފިއެވެ. ހަތަރު ޓީމު ވެސް ސެމީ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅެވުނު ކުއާޓަރ ފައިނަލް މެޗުން މޮޅުވެގެންނެވެ.
ރޭ ކުޅެވުނު މެޗުތަކާއި ނަތީޖާ:
މެޗު 29
ސްޓެލްކޯ 6 – 0 ކަސްޓަމްސް
ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވެސް ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކާމިޔާބުކުރި ސްޓެލްކޯއަށް ކުއާޓަރ ފައިނަލް މެޗު ވެސް ވީ ފަސޭހަ މެޗަކަށެވެ.
ލަނޑު ޖެހި ކުޅުންތެރިން:
މުއާޒް އަލީ (ސްޓެލްކޯ) 1 ލަނޑު
ޝުއައިދު ސައީދު (ސްޓެލްކޯ) 2 ލަނޑު
މުހައްމަދު ސިރުހާން (ސްޓެލްކޯ) 1 ލަނޑު
ހާރޫނު އިބްރާހީމް (ސްޓެލްކޯ) 1 ލަނޑު
އިބްރާހީމް ރިމާހް (ސްޓެލްކޯ) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: ޝުއައިދު ސައީދު (ސްޓެލްކޯ)

މެޗުގެ މޮޅު ކުޅުންތެރިޔާ: ޝުއައިދު ސައީދު / ފޮޓޯ: އޮފީސް ލީގު އެފްބީ ޕޭޖް
މެޗު 30
އެމްއައިބީ 1 – 0 ޕޮލިސް ކުލަބް
ގުރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. 2-1 އިން އެ މެޗު ކާމިޔާބުކުރި އެމްއައިބީ މި މެޗް ކާމިޔާބުކުރީ 1-0 އިންނެވެ.
ލަނޑު ޖެހި ކުޅުންތެރިން:
ޢަލީ އަޖްމަލް (އެމްއައިބީ) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: މުޙައްމަދު ނާއިޝް އިބްރާހީމް (އެމްއައިބީ)

މެޗުގެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު ނާއިޝް އިބްރާހީމް / ފޮޓޯ: އޮފީސް ލީގު އެފްބީ ޕޭޖް
މެޗް 31
އެސްޓީއޯ 1 – 0 މިފްކޯ
ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ވެގެންދިޔައީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުވެދާނެ ފަދަ މެޗަކަށެވެ. ދެވަނަ ހާފުގައި ޖެހި ލަނޑުން އެސްޓީއޯ މޮޅުވި ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު އެތައް ފުރުސަތެއް މިފްކޯއަށް ވެސް މިމެޗުގައި ލިބުނެވެ.
ލަނޑު ޖެހި ކުޅުންތެރިން:
މުޙްއްމަދު އަޙްމަދު (އެސްޓީއޯ) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: މުޙައްމަދު އަޙްމަދު (އެސްޓީއޯ)

މެޗުގެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު އަޙްމަދު / ފޮޓޯ: އޮފީސް ލީގު އެފްބީ ޕޭޖް
މެޗް 32
ކުލަބް އާސަންދަ 2 – 5 އެމްޓީސީސީ
ކުއާޓަރ ފައިނަލްގެ ސީދާ ޖާގައެއް ހޯދި ކުލަބް އާސަންދައާ ވާދަކޮށް، އެމްޓީސީސީން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުންނެވެ. އެމްޓީސީސީއަކީ ޕްލޭއޮފް މެޗު ކާމިޔާބުކޮށްގެން ކުއާޓަރއަށް އައި ޓީމުތަކުގެ ތެރެއިިން ސެމީ ފައިނަލަށް ދިޔަ ހަމައެކަނި ޓީމެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އިސްމާއިލް ރަޔާން (އެމްޓީސީސީ) 2 ލަނޑު
ހުސައިން ނިހާލް (އެމްޓީސީސީ) 1 ލަނޑު
ހުސައިން ޝަރީފް (އެމްޓީސީސީ) 1 ލަނޑު
އަޙްމަދު އަބްދުﷲ (ކުލަބް އާސަންދަ) 1 ލަނޑު (ބައިކޮޅަށް)
އަޙްމަދު އަބްދުﷲ (ކުލަބް އާސަންދަ) 1 ލަނޑު
ހުސައިން ސަނީ (ކުލަބް އާސަންދަ) 1 ލަނޑު
މެޗުގެ މޮޅުކުޅުންތެރިޔާ: ހުސައިން ޝަރީފް (އެމްޓީސީސީ)

މެޗުގެ މޮޅު ކުޅުންތެރިޔާ: ޙުސައިން ޝަރީފް / ފޮޓޯ: އޮފީސް ލީގު އެފްބީ ޕޭޖް
މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. ސެމީ ފައިނަލްގެ މެޗްތައް:
މެޗު 1 – ސްޓެލްކޯ – އެމްއައިބީ
މެޗު 2 – އެސްޓީއޯ – އެމްޓީސީސީ
