ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި އެމްޓީސީސީ ފައިނަލަށް
އޮފީސް ލީގް ފޭސްވްކް

މިހާރު ކުރިއަށްދާ އޮފީސް ލީގު ފުޓްސަލް މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ސްޓެލްކޯ އާއި އެމްޓީސީސީ ދަތުރު ކޮށްފިއެވެ.

ރޭ ކުޅެވުނު ސެމީފައިނަލްގެ ދެ މެޗްގެ ތެރެއިން ފުރަތަަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ އާއި އެސްޓީއޯ އެވެ.

6-1  އިން މޮޅުވެ ސްޓެލްކޯއިން ފައިނަލްގެ ފުރަތަަމަ ޖާގަ ޔަގީންކުރި މިމެޗްގައި ސްޓެލްކޯއަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ރިމާހް 2 ލަނޑު، މުހައްމަދު ސިރުހާން 2 ލަނޑު އަދި އެސްޓީއޯގެ މުހައްމަދު އަހްމަދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެސްޓީއޯގެ ލަނޑަކީ ސްޓެލްކޯގެ އަބްދުﷲ ފަހުމީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސްޓެލްއަށް ދެލަނޑު ޖަހައިދިން އިބްރާހީމް ރިމާހް އެވެ.

މިމުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ އެމްޓީސީސީ އާއި އެމްއައިބީ އެވެ.

މިމެޗް 4-0  އިން ކާމިޔާބުކުރީ އެމްޓީސީސީ އެވެ. މިމެޗުގައި އެމްޓީސީސީއަށް ލަނޑުތައް ޖަހައިދިނީ ހުސައިން ޝަރީފް 2 ލަނޑު، އިސްމާއިލް ރަޔާން 1 ލަނޑު އަދި އުނައިސް އަހްމަދު 1 ލަނޑު އެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީއަށް ދެލަނޑު ޖަހައިދިން ހުސެއިން ޝަރީފް އެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 24 ވާ ހުކުރު ދުވަހުގެ ރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top