ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހިތުގެ ހުއްޓުމާއި ފުރަމޭ ފޭލްވުމަށް މަގުފަހިކޮށްދޭ އާންމު 5 ސަޕްލިމެންޓެއް
އެމްއެސްއެން ކޮމް

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކާނާގެ ބާވަތްތަކުން ތައްޔާރުކޮށްފައިވާ ސަޕްލިމެންޓްތަކަކީ އޭގެ ޒާތުގައި ހަށިގަނޑަށް ރައްކާތެރި ތަކެއްޗެވެ. ނަމަވެސް، އާންމުންގެ މެދުގައި މަގުބޫލު ބައެއް ސަޕްލިމެންޓްތަކުގެ ސަބަބުން ހިތަށާއި ފުރަމެއަށް ނުރައްކާވެ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދެމުންނެވެ. މި ލިޔުމުގައި މި ބަލާލަނީ ބޭނުންކުރުމުގައި އިންތިހާއަށް ސަމާލުވާންޖެހޭ މިފަދަ ފަސް ސަޕްލިމެންޓަކަށެވެ.

1- ކްރިއަޓިން: ފުރަމޭއަށް ބުރަބޮޑުކޮށްދޭ ސަޕްލިމެންޓެއް

ކަސްރަތުކުރާ މީހުންނާއި މަސްތައް ވަރުގަދަކުރަން ބޭނުންވާ މީހުންގެ މެދުގައި ކްރިއަޓިން އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ނަމަވެސް، މިއީ އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ އެއްޗެކެވެ. މާ ގިނައިން ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން މީތި ބޭނުންކުރުމަކީ ކިޑްނީގެ މައްސަލަތަކާއި، ފުރަމެއަށް ބުރަބޮޑުވެ ފުރަމޭގެ ބަލިތައް އިތުރަށް ގޯސްވާ ކަމެކެވެ.

2- ގްރީން ޓީ އެކްސްޓްރެކްޓް: ފުރަމެއަށް ގެއްލުންދޭ “ގުދުރަތީ” ބާވަތެއް؟

ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް ގްރީން ޓީ އެކްސްޓްރެކްޓް ބޭނުންކުރި ނަމަވެސް، މިއީ ފުރަމެއަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗެއްކަން މިހާރު ވަނީ ހޯދިފައެވެ. ސިއްހީ ރިޕޯޓްތަކުން ދައްކާ ގޮތުގައި މީގައި ހުންނަ ބާރުގަދަ މާއްދާތަކުގެ ސަބަބުން ފުރަމޭގެ މަސައްކަތަށް ބުރަވެ، ދުޅަވުމާއި ފުރަމޭ ފޭލްވުމަށް މަގުފަހިވެއެވެ.

3- ޔޯހިމްބޭ: ހަކަތަ އިތުރުކުރުމުގެ ބަދަލުގައި ހިތުގެ މައްސަލަތަކަށް މަގުފަހިކޮށްދޭ ބާވަތެއް

އެފްރިކާގެ ގަހެއްގެ ތޮށިން އުފައްދާ މި ބާވަތަކީ ބަރުދަން ލުއިކުރުމަށާއި ޖިންސީ ދުޅަހެޔޮކަމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް، މީގެ ސަބަބުން ލޭގެ ޕްރެޝަރު ނުރައްކާތެރި މިންވަރަކަށް މަތިވެ، ހިތުގެ ވިންދު އަވަސްވެ، ހިތް ހުއްޓުމާއި، ފިޓުޖެހުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެދާނެއެވެ. ހާއްސަކޮށް ހިތުގެ ބަލި ހުންނަ މީހުންނަށް މީގެ ނުރައްކާ ބޮޑެވެ.

4- ބަރުދަން ލުއިކުރާ “ސްޓިމިއުލަންޓްސް”: ހިތް ހުއްޓުމަށް އޮތް ކުރު މަގެއް

ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ އިޝްތިހާރުކުރާ މިފަދަ ސަޕްލިމެންޓްތަކުގައި ހުންނަ ބާރުގަދަ މާއްދާތަކަކީ ހިތުގެ ބަލިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ ސަބަބުން ހިތުގެ ވިންދު ތަރުތީބުން ބޭރުވުމާއި، ސްޓްރޯކް ޖެހުމާއި، ކުއްލިއަކަށް ހިތް ހުއްޓުން ފަދަ ހާދިސާތައް ހިނގުން އެކަށީގެންވެއެވެ.

5- ކާވާ: ފުރަމޭ ފޭލްވުމަށް މަގުފަހިކޮށްދޭ ގަހެއް

ނުތަނަވަސްކަން ކުޑަކުރުމަށާއި ހިތްހަމަޖައްސާލުމަށް ބޭނުންކުރާ މި އޯގަނިކް ބާވަތަކީ ފުރަމޭގެ ބަލިތަކާއި، ފުރަމޭ ފޭލްވުމާ ގުޅުންހުރި އެއްޗެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މީގެ ނުރައްކާތެރިކަން ބޮޑުކަމުން، މިއީ ބޭނުންކުރުން އެންމެ ރަނގަޅު އެއްޗެއް ނޫން ކަމަށް ގިނަ ޑޮކްޓަރުން އިރުޝާދުދެއެވެ.

ނޯޓް
މިއީ އެމްއެސްއެން ކޮމް ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެއް
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top