ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް: ފަސޭހަކަމާއިއެކު ވެލިދޫ މޮޅުވެއްޖެ
ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް

“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް” މިއަދު ފެށިގެން ދިޔައިރު، އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނ. ވެލިދޫ އާއި ނ. ފޮއްދޫ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ނ. ވެލިދޫ އެވެ. މިއީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ވެލިދުއަށް ލިބުނު ވަރަށް މުހިންމު އަދި ފަހި ފެށުމެކެވެ.

މެޗުގެ ފުރަތަމަ ސެޓު 25-11 ގެ ބޮޑު ތަފާތަކުން ވެލިދޫން ކާމިޔާބުކުރި ނަމަވެސް، ފޮއްދޫ އެސް.ސީ އިން ވަނީ ކުޅުން ރަނގަޅުކޮށް 25-23 އިން ސެޓެއް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް، ޖެހިގެން އައި ސެޓުތަކުގައި ވެލިދޫން ވަނީ އަލުން މެޗުގެ ކޮންޓްރޯލް ހޯދައި، މޮޅު ކުޅުމަކާއެކު މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ވެލިދޫ ޓީމުގެ ލީނާ ޙާމިދު އެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް

މި މެޗުގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރަންދެލީގެ ހިއުމަން ރިސޯސަސް މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝިފާއު އާއި، ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ޙުސައިންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާ ޝަރީފާ ޙަސަން އެވެ.

މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، ފޮއްދޫ އެސް.ސީ ދެން ބައްދަލުކުރާނީ ނ. މަގޫދޫ ވޮލީ ޓީމާއެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އަންހެން ޑިވިޜަންގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މަގޫދޫ ވީ.ޓީ އާއި މާޅެންދޫ ވީ.ޓީ އެވެ. މި ދެ ޓީމަކީވެސް މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ދެ ޓީމެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top