ދީނީ ސުވާލެއް އޮތީތަ؟
ބޮލީވުޑް
ޖުނައިދު ޚާންގެ އެކްޓިންއިން އާމިރު ޚާން ރޮއްވާލައިފި
އާމިރު އަދި ދަރިފުޅު ޖުނައިދު

އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ކުރިއަށް އޮތް ފިލްމު “އޭކް ދިން”ގެ ޚާއްޞަ އިވެންޓެއްގައި ޖުނައިދުގެ އެކްޓިންއާ މެދު އާމިރު ޚާން ޖަޒުބާތީވެ ލޮލުން ކަރުނަ އައިސްފައިވެއެވެ.

މި އިވެންޓް ބާއްވާފައިވަނީ އެޕްރީލް 26 ވީ އާދީއްތަ ދުވަހުއެވެ. މި އިވެންޓުގައި އާމިރު ޚާންގެ އިތުރުން ޖުނައިދު ޚާނާއި މި ފިލްމުން ބޮލީވުޑަށް ތަޢާރަފުވާ ސައި ޕައްލަވީ ބައިވެރިވެފައިވެއެވެ. އުމުރުން 61 އަހަރުގެ އާމިރު ޚާން އެ ހަފުލާ ތެރޭގައި ރޮވޭ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އޭނާ ވަނީ ދަރިފުޅު ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކަމަށް ހިނިތުންވުމާ އެކު ބުނެފައެވެ. ހަމައެއާއެކު އާމިރު ޚާން ވަނީ ސައި ޕައްލަވީއަށް ތަޢުރީފުކޮށް، މިއަދު އިންޑިއާގައި ހުރި އެންމެ މޮޅު ބަޠަލާއަކީ އެއީ ކަމަށް ބުނެފައެވެ.

2025 ވަނަ އަހަރު ނުކުތް “ލަވްޔާޕާ”ގައި ފެނިގެންދިޔަ ޖުނައިދު ޚާންގެ އިތުރުން މި ފިލްމުގައި ކުނާލް ކަޕޫރު، ކެވިން ޑޭވް، ޕްރަގަތީ މިޝްރާ، ސައި އާދްޔާ، މަންސޫރު ޚާން އަދި އާމިރު ޚާން ވެސް ހިމެނެއެވެ. ސުނީލް ޕާންޑޭ ޑައިރެކްޓުކޮށް މަންސޫރު ޚާން، އާމިރު ޚާން އަދި އަޕަރްނާ ޕުރޯހިތު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ 2016 ވަނަ އަހަރުގެ ތައި ފިލްމު “ވަން ޑޭ”ގެ ރީމޭކެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top