ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނުރަ އިސްތަށި: ބަލިތަކުން ރައްކާތެރިވުމަށް ދިފާއީ ބާރެއް

ނުރަވުމަކީ ހަމައެކަނި އުމުރުން ދުވަސްވުމުގެ އަލާމާތެއް ނޫންކަމާއި، އެއީ ބަލިތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި ހަށިގަނޑުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްކަން ތިޔަބޭފުޅުންނަށް އެނގޭތޯއެވެ؟

ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ދިރާސާވެރިން ކަމަށްވާ އެމީ ނިޝިމޫރާ އާއި ޔަސުއާކީ މޯހްރީ އިސްވެ ތިއްބަވައިގެން ކުރެއްވި ދިރާސާއެއް “ނޭޗަރ ސެލް ބަޔޮލޮޖީ” މަޖައްލާގައި 2025 ވަނަ އަހަރު ވަނީ ޝާއިއުކޮށްފައެވެ. މި ދިރާސާއިން ހާމަވާ ގޮތުގައި، އިސްތަށި ނުރަވުމާއި ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ ނިޒާމާ ދެމެދު ހައިރާންކުރުވަނިވި ގުޅުމެއްވެއެވެ.

މި ދިރާސާ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އިސްތަށީގެ ބުޑުތަކުގައި ކުލަ އުފައްދައިދޭ “ސްޓެމް ސެލް” ތަކުގެ މައްޗަށެވެ. މި ސެލްތަކުގެ ޑީ.އެން.އޭ އަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން، އެ ސެލްތައް “ސެނޯ-ޑިފަރެންޝިއޭޝަން” ކިޔާ މަރުހަލާއެއްގެ ތެރެއިން އެއްކޮށް މަސައްކަތް ހުއްޓާލައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިސްތަށީގައި ކުލަ ޖައްސައިދޭ މާއްދާ އުފެއްދުން ހުއްޓި، އިސްތަށި ނުރަވާން މެދުވެރިވެއެވެ.

ބޭރުފުށުން ބަލާއިރު މިއީ ހަމައެކަނި ސިފައަށް އަންނަ ބަދަލެއް ކަމަށް ފެނުނަސް، މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. މިގޮތަށް ގެއްލުންވެފައިވާ ސެލްތަކުގެ މަސައްކަތް ހުއްޓުވުމުން، އެ ސެލްތައް ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ނަމަވެސް، މި މަރުހަލާއަށް ބުރޫއަރާ ހާލަތްތަކުގައި، އެ ގެއްލުން ލިބިފައިވާ ސެލްތައް ހަށިގަނޑުގައި އިތުރުވަމުން ދިއުމަކީ ސިއްޙީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

މި ހޯދުންތަކުން ދޭހަވަނީ، އިސްތަށި ނުރަވުމަކީ ނުރައްކާތެރި ސެލްތައް ނައްތާލުމަށްޓަކައި ހަށިގަނޑުން ކުރާ ހިމޭން މަސައްކަތެއްގެ ނަތީޖާ ކަމެވެ. އެއީ އިސްތަށީގެ ކުލައަށްވުރެ ބޮޑަށް، ހަށިގަނޑުގެ ސިއްޙަތާއި ރައްކާތެރިކަމަށް އިސްކަންދޭކަމުގެ ހެއްކެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top