ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އައިފޯން 18 ޕްރޯގައި ހިމެނޭނެ ފާހަގަކޮށްލެވޭ 10 އައު ފީޗަރ

މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އައިފޯން 18 ޕްރޯ އާއި އައިފޯން 18 ޕްރޯ މެކްސް އާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް މިހާރު ދަނީ ދެކެވެމުންނެވެ. އައިފޯން 18 ޕްރޯ މޮޑެލްތަކުގައި ސްކްރީނުގެ ދަށުގައި “ފޭސް އައިޑީ” ހިމަނައި، ހަމައެކަނި ކުރިމަތީ ކެމެރާ ފެންނަން ހުންނާނެ ކަމަށް ކުރިން އަޑު ފެތުރުނު ނަމަވެސް، އެންމެ ފަހުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ސްކްރީނުގެ ދަށަށް ބަދަލުކުރެވޭނީ ފޭސް އައިޑީގެ އެއް ބައެވެ. މީގެ ސަބަބުން “ޑައިނަމިކް އައިލެންޑް”ގެ ސައިޒު މިހާރަށްވުރެ ކުޑަވެގެންދާނެއެވެ.

2026 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އައިފޯން 18 ޕްރޯ މޮޑެލްތަކުން ފެނިގެންދާނެ ކަމަށް ބެލެވޭ މައިގަނޑު 10 ފީޗަރެއް ތިރީގައި އެވަނީއެވެ:

1- ޑާކް ޗެރީ ކުލަ: އައިފޯން 18 ޕްރޯ މޮޑެލްތަކަށް ޚާއްޞަކޮށް “ޑާކް ޗެރީ” ކުލަ ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ލައިޓް ބްލޫ، ޑާކް ގްރޭ އަދި ސިލްވަރ ކުލަ ލިބެން ހުންނާނެއެވެ. ނަމަވެސް މިހާރު ހުރި ކޮސްމިކް އޮރެންޖް އަދި ޑީޕް ބްލޫ ކުލަ އުވާލާނެ ކަމަށް ބެލެވެއެވެ.

2- ކުޑަ ޑައިނަމިކް އައިލެންޑް: ފޭސް އައިޑީގެ “ފްލަޑް އިލުމިނޭޓަރ” ސްކްރީނުގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، ފޯނުގެ މަތީގައި އިންނަ ޑައިނަމިކް އައިލެންޑްގެ ސައިޒު މިހާރަށްވުރެ ކުޑަވާނެއެވެ.

3- އެލްޓީޕީއޯ+ ޑިސްޕްލޭ: އައު ޕްރޯ މޮޑެލްތަކުގެ ބޭރުގެ ފަރުމާ އައިފޯން 17 ޕްރޯއާ އެއްގޮތްވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި 6.3 އިންޗި އަދި 6.9 އިންޗީގެ ސްކްރީނާއި، ފަހަތުގައިވާ ތިން ކެމެރާ ހިމެނެއެވެ. ނަމަވެސް، މީގައި ބޭނުންކުރާ “އެލްޓީޕީއޯ+” ޓެކްނޮލޮޖީގެ ސަބަބުން ބެޓެރީގެ އުމުރު އިތުރުވެގެންދާނެއެވެ.

4- ބަދަލުކުރެވޭ އެޕަރޗަރ (ވޭރިއެބަލް އެޕަރޗަރ): އައިފޯން 18 ޕްރޯގެ މައި 48 މެގަޕިކްސެލް ކެމެރާގައި އެޕަރޗަރ ބަދަލުކުރެވޭ ގޮތް ހެދުމުން، ކެމެރާއަށް ވަންނަ އަލީގެ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ. މީގެ ސަބަބުން ފޮޓޯގެ “ޑެޕްތް އޮފް ފީލްޑް” ނުވަތަ ފަސްމަންޒަރު ފުސްކޮށްލުމުގެ ފެންވަރު ރަނގަޅުވާނެއެވެ.

5- އޭ20 ޕްރޯ ޗިޕް: އެޕަލްގެ އައު އޭ20 ޕްރޯ ޗިޕް އުފައްދާނީ ޓީއެސްއެމްސީ ގެ 2 ނެނޯމީޓަރުގެ ޓެކްނޮލޮޖީގައެވެ. މީގެ ސަބަބުން ފޯނުގެ ހިންގުން އަވަސްވެ، ބެޓެރީ ޚަރަދުވާ މިންވަރު ކުޑަވާނެއެވެ.

6- ސީ2 މޮޑެމް: އައިފޯން 18 ޕްރޯގައި އެޕަލްގެ އަމިއްލަ ތިންވަނަ ޖީލުގެ “ސީ2 މޮޑެމް” ބޭނުންކުރާނެއެވެ. މިއީ މީގެ ކުރީގެ މޮޑެމްތަކަށްވުރެ ބާރުގަދަ އަދި މުވާޞަލާތީ ޚިދުމަތްތަކަށް ބެޓެރީ ޚަރަދުކުރާ މިންވަރު މަދު މޮޑެމެކެވެ.

  1. ސެޓެލައިޓް މެދުވެރިކޮށް ސީ2: 5ޖީ މޮޑެމްގެ އެހީގައި، ވައިފައި ނުވަތަ މޯބައިލް ނެޓްވޯކް ނެތް ތަންތަނުގައިވެސް ސެޓެލައިޓް މެދުވެރިކޮށް އިންޓަރނެޓް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
  2. އެން2 ޗިޕް: އައިފޯން 18 ޕްރޯގައި ހިމެނޭނެ ކަމަށް ބެލެވޭ “އެން2 ޗިޕް” ގެ ސަބަބުން ވައިފައި، ބްލޫޓޫތު އަދި އެއަރޑްރޮޕް ފަދަ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.
  3. ސިމްޕްލިފައިޑް ކެމެރާ ކޮންޓްރޯލް: ކެމެރާ ކޮންޓްރޯލް ކުރާ ފިތުގެ ފަރުމާއަށް ބަދަލުތަކެއް ގެނެސް، އޭގައި ހުންނަ “ޓަޗް ސެންސިޓިވިޓީ” އާއި “ހެޕްޓިކް ފީޑްބެކް” އުނިކޮށް، ހަމައެކަނި ފިއްތާލުމުން މަސައްކަތްކުރާ ގޮތަށް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ.
  4. އައު ސެރަމިކް ޝީލްޑް: ފޯނުގެ ފަހަތުގައިވާ މެގްސޭފް ސަރަޙައްދުގައި ބޭނުންކުރާ ސެރަމިކް ޝީލްޑްގެ ފަރުމާއަށް ބަދަލުތަކެއް ގެނެސް، މިހާރަށްވުރެ އޮމާން އަދި ރީތި ސިފައެއްގައި ފެނިގެންދާނެއެވެ.

އެޕަލް އިން އައިފޯން 18 ޕްރޯ އާއި ޕްރޯ މެކްސްގެ އިތުރުން ފަތްޖެހޭ އައިފޯނެއް ސެޕްޓެމްބަރު މަހު ނެރޭނެ ކަމަށް ބެލެވެއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އައިފޯން 18، އައިފޯން 18އީ އަދި ދެވަނަ ޖީލުގެ އައިފޯން އެއާ ބާޒާރަށް ނެރޭނެ ކަމަށް ލަފާކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top