ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 15 މިނެޓު
ކައްކަން ހޭދަވާނެ ވަގުތު: 5 މިނެޓު
ޖުމްލަ ވަގުތު: 20 މިނެޓު
ތައްޔާރުކުރެވޭނެ މިންވަރު: 48 ފޮތި
ބޭނުންވާ ތަކެތި:
3 ޖޯޑު ހުދު ހަކުރު
¾ ޖޯޑު ބަޓަރު
⅔ ޖޯޑު ކިރު
2 ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް
198 ގްރާމް މާޝްމެލޯ ކްރީމް
1 ސައިސަމުސާ ވެނީލާ އެސެންސް
½ ޖޯޑު އޯރިއޯ ބިސްކޯދު (ކުދިކޮށް މުގުރާފައި)
1 ޖޯޑު އޯރިއޯ ބިސްކޯދު (ހަތަރު ބަޔަށް ބިންދާލާފައި)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ފުރަތަމަ 9×13 އިންޗީގެ ޓްރޭއެއްގައި ބޭކިންގް ޕޭޕަރު (ޕާޗްމަންޓް ޕޭޕަރު) އަޅާފައި ބަހައްޓާށެވެ.
2 – އުނދުނަށް ތެއްޔެއް ނުވަތަ ތަވައެއް އުދައި، އޭގެ ތެރެއަށް ހަކުރާއި، ބަޓަރު އަދި ކިރު އެޅުމަށްފަހު ހުއްޓާނުލާ ގަަށަމުން ކައްކާށެވެ. މި މިކްސްޗަރު ރަނގަޅަށް އޮމާންވެ، އޮލަވާން ފެށުމުން 3 އާއި 5 މިނެޓާ ދެމެދު ކައްކާލާށެވެ.
3 – އެއަށްފަހު އުނދުނުން ބޭލުމަށްފަހު، އޭގެ ތެރެއަށް ވައިޓް ޗޮކްލެޓް ޗިޕްސް އާއި މާޝްމެލޯ ކްރީމް އަޅައި، ރަނގަޅަށް އެއްކުރާށެވެ. ދެން ވެނީލާ އެސެންސް އަދި މުގުރާފައި ހުރި އޯރިއޯ ބިސްކޯދު އަޅައި މަޑުމަޑުން އެއްކޮށްލުމަށްފަހު، ކުރިން ތައްޔާރުކުރި ޓްރޭއަށް އޮއްސާލައި އެއްވަރުކޮށްލާށެވެ.
4 – މީގެ މައްޗަށް ބިންދާލާފައި ހުރި އޯރިއޯ ބިސްކޯދުތައް އެއްވަރަކަށް ފަތުރާލާށެވެ. އަދި މަޑުމަޑުން ސަމުސަލަކުން ފިއްތާލާށެވެ. އާދައިގެ ފިނިހޫނުމިނެއްގައި ބަހައްޓައިގެން އެއްކޮށް ހަރުވަންދެން ބޭއްވުމަށްފަހު، ކުދިކޮށް ފޮތިކޮށްލާށެވެ.
އިތުރު އިރުޝާދެއް:
ކުކީޒް އެޅުމަށްފަހު މާ ގިނައިރު އެއްނުކުރާށެވެ. އެހެންނޫނީ މި ފަޖްގެ ހުދު ކުލަ ކެނޑި، ކުލަ ބަދަލުވެދާނެއެވެ.
