ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗިކަން އަލްފްރެޑޯ ރައިސް ކެސަރޯލް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ރަހަފަތް

⏱️ ތައްޔާރުކުރުމަށް: 20 މިނެޓް
⏱️ ކެއްކުމަށް: 30 މިނެޓް
⏱️ ޖުމްލަ ވަގުތު: 50 މިނެޓް
🍲 މިންވަރު: 3 މީހުންނަށް

ބޭނުންވާ ތަކެތި:

ކެސަރޯލް ތައްޔާރުކުރުމަށް:

🍳 ކައްކާއިރު ތަތްނުލަވާ ގޮތަށް ޖަހާ ސްޕްރޭ
🍳 ¼ ޖޯޑު ބަޓަރު
🍳 1 ޖޯޑު ހެވީ ކްރީމް
🍳 1 ½ ޖޯޑު ޕާމީޒާން ޗީޒް (ގާނާފައިވާ)
🍳 1 ލޮނުމެދު (ގާނާފައި ނުވަތަ ޗަސްކޮށްފައި)
🍳 ½ ސައިސަމުސާ އަސޭމިރުސް (މުގުރި)
🍳 1 ސައިސަމުސާ ހިއްކި ޕާސްލީ
🍳 1 ½ ޖޯޑު ކުކުޅު (ކައްކައި ކުދިކޮށްފައި)
🍳 1 ޖޯޑު އިންސްޓަންޓް ރައިސް
🍳 1 ޖޯޑު ފްރޯޒެން ޕީސް
🍳 ލޮނު (ރަހަލާވަރަށް)

މައްޗަށް އެޅުމަށް:

🍳 ¾ ޖޯޑު ފާރޮށި ކުނޑި
🍳 ⅓ ޖޯޑު ޕާމީޒާން ޗީޒް (ގާނާފައިވާ)
🍳 2 ސޫޕުސަމުސާ ބަޓަރު (ވިރުވާފައިވާ)
🍳 ¼ ސައިސަމުސާ ގާލިކް ޕައުޑަރ

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަށް އިންޗި ހަ އިންޗީގެ ފިހާ ތަބަކެއްގައި ކައްކާ ސްޕްރޭ ޖެއްސުމަށްފަހު ބަހައްޓާށެވެ.

2 – ކެސަރޯލް ތައްޔާރުކުރުމަށްޓަކައި، ކުޑަ ތަވައެއްގައި ބަޓަރުކޮޅު ވިރުވާލާށެވެ. އޭގެ ތެރެއަށް ކްރީމް އެޅުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ކައްކާށެވެ. މިގޮތަށް ކައްކާއިރު 5 މިނެޓް ވަންދެން މެދުނުކެނޑި ހަލަމުން ގެންދަންވާނެއެވެ.

3 – ދެން އޭގެ ތެރެއަށް ޕާމީޒާން ޗީޒް، ލޮނުމެދު، އަސޭމިރުސް އަދި ޕާސްލީ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ބަހައްޓާށެވެ.

4 – ތައްޔާރުކުރި ސޯސްގަނޑުގެ ތެރެއަށް ކުކުޅު، ހަނޑޫ އަދި ޕީސްކޮޅު އަޅައި އެއްކޮށްލާށެވެ. ރަހަ ބެލުމަށްފަހު ލޮނާއި އަސޭމިރުސް ހެޔޮވަރުކޮށް، ކުރިން ތައްޔާރުކުރި ތަބަކަށް އޮއްސާލާށެވެ.

5 – މައްޗަށް އަޅާ ބައި ތައްޔާރުކުރުމަށްޓަކައި، ފާރޮށި ކުނޑި، ޗީޒް، ވިރުވި ބަޓަރު އަދި ގާލިކް ޕައުޑަރ އެއްކޮށްލާށެވެ. މި މިކްސްޗަރު ތަބަކުގައި ހުރި އެއްޗެހީގެ މައްޗަށް އެއްވަރަކަށް ފަތުރާލާށެވެ.

6 – އަވަނަށް ލައިގެން 25 އިން 28 މިނެޓް ވަންދެން ފިހާށެވެ. މަތީބައި ރަން މުށިކުލަ އަރައި ރަނގަޅަށް ހޫނުވުމުން އަވަނުން ނަގާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top