ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިފޯނުގެ ކީބޯޑަށް އިތުރުކުރި އާ ފީޗާއާއެކު ބޮޑު ލުޔެއް ލިބިއްޖެ

އެޕަލްއިން އަލަށް ތައާރަފުކުރި އައިއޯއެސް 27 އާއެކު، އައިފޯން ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އަދި އެހާމެ ފަސޭހަ ފީޗާއެއް ތައާރަފުކޮށްފިއެވެ. މިއީ އެންޑްރޮއިޑް ފޯނުތަކުގައި މީގެ އަހަރުތަކެއް ކުރިން ބޭނުންކުރަމުން އައި ފީޗާއެއް ނަމަވެސް، އައިފޯނަށް މި ބަދަލު އައުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ކަމެކެވެ.

މި އާ ފީޗާގެ ސަބަބުން، އެއްޗެއް ކޮޕީ ކުރުމަށްފަހު އެ ޕޭސްޓް ކުރުމަށްޓަކައި ޓެކްސްޓް ފީލްޑަށް ފިއްތާލައިގެން (ލޯންގް-ޕްރެސް) ތިބޭކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، ކޮޕީކުރާ އެއްޗެއް ކީބޯޑުގެ މަތީގައި އިންނަ “ސަޖެސްޝަން ބާ” އިން ފެންނަން ހުންނާނެއެވެ. އަދި އެތަނުގައި ހުންނަ ބަޓަނަށް ފިއްތާލުމުން ވަގުތުން ޕޭސްޓް ކުރެވޭނެއެވެ. މީގެ އިތުރުން، ސްކްރީންޝޮޓް ފަދަ ތަކެތިވެސް އެކި އެޕްތަކުގެ މެދުގައި ހިއްސާކުރުމަށް މި ފީޗާގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

އެޕަލްގެ އަހަރީ “ޑިވެލޮޕާ ކޮންފަރެންސް” ގައި އައިއޯއެސް 27 ދައްކާލިއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިނާކޮށް ސިރީއަށް ގެނައި ބަދަލުތަކަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. ނަމަވެސް، މި ފަހަރުގެ އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އާންމު ދިރިއުޅުމުގައި ކުރާ ކުދިކުދި ކަންތައްތައް ފަސޭހަކޮށްދިނުމަށް ގެނެސްފައިވާ މިފަދަ ބަދަލުތަކެވެ.

އެންޑްރޮއިޑްގެ “ޖީބޯޑް” ފަދަ ކީބޯޑުތަކުގައި މި ފީޗާ ބޭނުންކުރާތާ އަހަރުތަކެއް ވެފައިވާއިރު، އައިފޯން ބޭނުންކުރާ މީހުންނަށް މިކަން ކުރިން އިހުސާސް ކުރެވުނީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އައިއޯއެސް 27 އާއެކު އައިފޯންގެ ޕާފޯމަންސް ރަނގަޅުވެ، ބޭނުންކުރަން ހަލުވިވެފައިވާކަން އެޕަލްއިން ފާހަގަކުރެއެވެ.

މިހާރު އައިއޯއެސް 27ގެ ޑިވެލޮޕާ ބީޓާ ބޭނުންކުރެވޭއިރު، އާންމުންނަށް ޚާއްޞަ ބީޓާ ވަރޝަން އަންނަ މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު، އައިފޯން ބޭނުންކުރާ ފަރާތްތަކަށް މަސައްކަތްތައް އަވަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top