ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިޑްސަލް 2026 – ދުވަސް 3
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް މުބާރާތުގެ 9 ވަނަ މެޗާއި 10 ވަނަ މެޗު އަދި 11 ވަނަ މެޗާއި 12 ވަނަ މެޗު ކުޅެފިއެވެ.

މެޗު 9

އެލީޓް އެކަޑަމީ ދެވަނަ މެޗުން ވެސް ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. އެލީޓް އެކަޑަމީ ކުޅުނު ފުރަތަ މެޗުން 10-1 އިން މޮޅުވެފައި ވާއިރު އެ ޓީމުގެ ދެވަނަ މެޗުން މޮޅުވީ 8-0 އިންނެވެ. އިއްޔެ ހަވީރު ސްޓާރސް އެކަޑަމީ އާއި އެލީޓް އެކަޑަމީ ބައްދަލުކުރި މެޗުގައި އެލީޓް އެކަޑަމީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރައުޝަމް 4 ލަނޑު، އާދް ބިން މުޙައްމަދު 3 ލަނޑު، ހުމާމް މުއާވިޔަތު 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލީޓް އެކަޑަމީގެ މުޙައްމަދު ރައުޝަމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ރައުޝަމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 10

އެސްޕަޔާ އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯރޓްސް ކުލަބް އެކަޑަމީ ބައްދަލުކުރި މެޗު ފަސޭކަމާއިއެކު 6-2 އިން ކާމިޔާބު ކުރީ އެސްޕަޔާ އެކަޑަމީއެވެ. މި މެޗްގައި ހުޅުމާލޭ ޔޫތު އެންޑް ސްޕޯރޓްސް ކުލަބް އެކަޑަމީގެ ދެ ލަނޑު ޢަބްދުލް ބާސިތު ޖެހިއިރު، އެސްޕަޔާ އެކަޑަމީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އާހިލް 2 ލަނޑު، ޔަލްސަން ބިން ޙަސަން 2 ލަނޑު، އައްމާރު ބިން ނަވާޒް 1 ލަނޑު، މުޙައްމަދު ޔައްނި 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕަޔާ އެކަޑަމީގެ އަޙްމަދު އާހިލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އާހިލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 11

ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީ އާއި ވިލިމާލޭ ޔުނައިޓެޑް އެކަޑަމީ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކުރީ ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ. މި މެޗުގައި ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީގެ ލަނޑުތައް ޖަހައިދިނީ، އިބްރާހިމް އިޔާސް، އަޙްމަދު އުލްވާން، ޢަލީ އަޒީން ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީގެ ޢަލީ އަޒީންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ އަޒީން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 12

ދެވަނަ މެޗުން ވެސް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެކަޑަމީ މޮޅުވެއްޖެއެވެ. ރޭ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެކަޑަމީ އާއި އެޑްވެންޗާރ އެކަޑަމީ ބައްދަލުކުރި މެޗުން ނިއުރޭޑިއަންޓް މޮޅުވީ 8-2 އިންނެވެ. މި މެޗުގައި އެޑްވެންޗާރ އެކަޑަމީގެ ދެ ލަނޑު ޖެހީ ޒައުލްއެވެ. ނިއުރޭޑިއަންޓްގެ ލަނޑުތައް ޖެހީ، މުޙައްމަދު އަޒުހާން 3 ލަނޑު އަދި މުޙައްމަދު ޔަމަކް، އާއްރެ އެލްމަރި، ރާއިސް ރަމީޒް، މާން އިބްރާހީމް، ޙަސަން އަޒާން ކޮންމެ ކުޅުންތެރިއެއް އެއް ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިއުރޭޑިއަންޓްގެ މުޙައްމަދު އަޒުހާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އަޒުހާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކިޑްސަލް މުބާރާތުގެ ކުޅުން ދެން އޮންނާނީ 17 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top