ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނުދޮވެ ކިހާ ދުވަހެއް ވަންދެން ތުވާލި ބޭނުންކުރެވޭނެ؟

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން ގޭތެރޭގައި ހިފާގެންގުޅޭ ތަކެތީގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރެވޭ ތުވާލި ދޮންނަންޖެހޭ މިންގަނޑާ ބެހޭގޮތުން ސިއްޙީ މާހިރުން ވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.

ކަމާބެހޭ ދިރާސާތަކުން ދައްކާގޮތުގައި، ފެންވަރައިގެން ހަށިގަނޑު ހިއްކުމަށް ބޭނުންކުރާ ބޮޑެތި ތުވާލި، ގިނަވެގެން 3 ނުވަތަ 4 ފަހަރު ބޭނުންކުރުމަށްފަހު ދޮންނަންވާނެއެވެ. ނަމަވެސް މިއީ އެއްފަހަރު ބޭނުންކުރުމަށްފަހު އަނެއްފަހަރު ބޭނުންކުރުމާ ދޭތެރޭގައި ތުވާލި ރަނގަޅަށް ހިކޭނަމައެވެ. ތުވާލިން ނުބައި ވަހެއް ދުވާނަމަ ނުވަތަ ތަތްމުޑުވެފައި ހުރިނަމަ، ބުނެވުނު އަދަދަށްވުރެ އަވަހަށްވެސް ތުވާލި ދޮންނަންޖެހެއެވެ.

އަތްފޮހުމަށް ބޭނުންކުރާ ކުދި ތުވާލިތަކަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށްވާތީ، މީގެ ސާފުތާހިރުކަމަށް މިއަށްވުރެ ބޮޑަށް ސަމާލުވާންޖެހެއެވެ. ޚާއްޞަކޮށް އެކަކަށްވުރެ ގިނަ މީހުން ބޭނުންކުރާ ފާޚާނާތަކުގައި ހުންނަ އަތްފޮހޭ ތުވާލި، ކޮންމެ 1 ނުވަތަ 2 ދުވަހަކުން ބަދަލުކުރަން ޖެހެއެވެ.

ތުވާލީގައި ނުބައި ވަހެއް ހަރުލާފައި ހުންނަނަމަ، އެ ވަސް ފިލުވުމަށްޓަކައި ހޫނު ފެނުން ތުވާލި ދޮވުމަކީ މުހިންމު ކަމެކެވެ. އަދި ތުވާލި ތާޒާކުރުމަށްޓަކައި ދޮންނައިރު “ވައިޓް ވިނެގަރ” ކޮޅެއް ބޭނުންކުރުމަކީ ތުވާލީގައި ހުންނަ ނުބައި ވަސް ކަނޑުވާލައި، ޖަރާސީމު ނައްތާލުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މާހިރުން ލަފާދެއެވެ.

ސާފުތާހިރުކަމުގެ މިފަދަ އާދަތަކަށް ސަމާލުކަން ދިނުމަކީ ހަމުގެ ބަލިތަކާއި އެކިކަހަލަ އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

8
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top