ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 5 މިނިޓް
ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް
ބޭނުންވާ ތަކެތި:
1 ފާވެފައިވާ އެވޮކާޑޯ (މެދުން ފަޅާލައި އޮށް ނަގާފައި)
1 ވައް ދޮންކެޔޮ (ބޮޑު ސައިޒުގެ)
1 ޖޯޑު އަލަނާސި (ގޮޅިކޮށް ކޮށާފައި)
1 ޖޯޑު ކިރު
½ ތަށި ވެނީލާ ޔޯގަޓް
3 ސައިސަމުސާ މާމުއި
8 އައިސް ކިއުބް
5 އަލްމަންޑް (ތުނިކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ ބްލެންޑަރަށް ކިރު، ޔޯގަޓް، މާމުއި އެޅުމަށްފަހު، އައިސް ކިއުބް، އެވަކާޑޯ، ދޮންކެޔޮ އަދި އެންމެ މައްޗަށް އަލަނާސި އަޅާލާށެވެ.
2 – ފެށުމުގައި ބްލެންޑަރު މަޑު ދުވެލީގައި ޖެއްސުމަށްފަހު، މަޑުމަޑުން ބާރުމިން އިތުރުކުރަމުން ގޮސް، ހުރިހާ ބާވަތްތަކެއް ރަނގަޅަށް ގިރި، އޮލަވަންދެން ބްލެންޑް ކުރާށެވެ.
3 – ބްލެންޑްކޮށް ނިމުމުން ތަށްޓަކަށް އަޅާލާފައި މައްޗަށް އަލްމަންޑްކޮޅު އަޅާލައިގެން ތާޒާކޮށް ބޯލާށެވެ.
