ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުޅުމާލޭ ހޮސްޕިޓަލް ދެވަނަ މެޗުން މޮޅުވިއިރު ޑީޖޭއޭއަށް ފަސޭހަ މޮޅެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކުލެސިކް ކަޕް ފުޓްސަލް މުބާރާތުގެ 13 ވަނަ މެޗުން މޮޅުވެ ހުޅުމާލޭ ހޮސްޕިޓަލް ދެވަނަ މޮޅު ހޯދިއިރު، 14 ވަނަ މެޗުން ފަސޭހަކަމާއިއެކު ޑީޖޭއޭ މޮޅުވެއްޖެއެވެ.

މެޗު 13

13 ވަނަ މެޗުގައި ބައްދަލުކުރީ ހުޅުމާލޭ ހޮސްޕިޓަލް އާއި ކުލަބް އަވްސެކްއެވެ. ފުރަތަމަ މެޗުން ފަސޭހަކަމާއިއެކު މޮޅުވި ހުޅުމާލޭ ހޮސްޕިޓަލް، މި މެޗު ފަށައިގެން މާ ގިނައިރެއްނުވެ ފުރަތަމަ ލަނޑު ޖެހިއެވެ. ދެވަނަ މިނިޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް ސާލިހްއެވެ. މި ލަނޑާއިއެކު މެޗު ފަސޭހަވާނެކަމަށް ހީވި ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. ވަރުގަދަ ހުޅުމާލޭ ހޮސްޕިޓަލް ހުއްޓުވުމުގައި ކުލަބް އަވްސެކް ކާމިޔާބު ހޯދިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާދިލް ޢަބްދުލްރަހުމާނެވެ. ކުލަބް އަވްސެކް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ ތައުމީން ނޫހްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ހޮސްޕިޓަލްގެ ހަސަން ސޮލާހްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޙަސަން ސޮލާހް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 14

14 ވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ޑީޖޭއޭ އާއި އެސްއެމްއީ ޑިޖިޓަލްއެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ޑީޖޭއޭގެ ފުރަތަމަ މެޗު އެއްވަރުވީއިރު، އެސްއެމްއީ ޑިޖިޓަލް ކުޅުނު މެޗުން އެ ޓީމު ވީ ބައްޔެވެ. ފުރަތަމަ މެޗުން ވެސް ތަފާތު ބޮޑުކޮށް ބަލިވި އެސްއެމްއީ ޑިޖިޓަލް ކައިރިން ފަސޭހަކަމާއިއެކު ޑީޖޭއޭ މޮޅުވި މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. ދެވަނަ ހާފުގައި ޑީޖޭއޭ އިން ފަސް ލަނޑު ޖެހިއިރު މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފަރުހާން 2 ލަނޑު، މުޙައްމަދު އަޖުވަދު 2 ލަނޑު، އިބްރާހީމް ލޫތު 1 ލަނޑު، ސައުދުﷲ އަޙްމަދު 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ޑީޖޭއޭގެ މުޙައްމަދު އަޖުވަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އަޖުވަދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top