ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހެނދުނު ހުސްބަނޑާ ހުރެ ކަރާ ކެއުމުގެ ފައިދާތައް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ކަރައަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު، ފެން ގިނަ މޭވާއެކެވެ. މިއީ ހަމައެކަނި ރޯދަމަހުގެ ސުފުރާތަކުން ފެންނަ މޭވާއެއް ނޫނެވެ. ކަރައަކީ އޭގައި ގިނަގުނަ ސިއްޙީ ފައިދާތަކެއް އެކުލެވިގެންވާ، ހަށިގަނޑަށް ނުހަނު ބޭނުންތެރި މޭވާއެކެވެ. ޚާއްސަކޮށް ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެ ކަރާ ކެއުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ރޭގަނޑުގެ ގިނަ ވަގުތުތަކެއްގައި ނިދާފައި އޮތުމަށްފަހު ހޭލާއިރު، ހަށިގަނޑު ހުންނަނީ ފެނަށް ބޭނުންވެފައެވެ. ހެނދުނު ހުސްބަނޑާ ހުރެ ކަރާ ކެއުމަކީ ނިދިން ހޭލުމަށްފަހު ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އޮތް އެންމެ ފަސޭހަ އެއް މަގެވެ. ކަރާގެ 90 އިންސައްތައަކީ ފެން ކަމަށްވުމާއެކު، މީގެ ސަބަބުން ދުވަސް ފަށާއިރު ހަށިގަނޑަށް ބޭނުންވާ ތާޒާކަން ލިބި، ވަރުބަލިކަން ފިލުވައިދެއެވެ.

މީގެ އިތުރުން، ކަރައަކީ ހަށިގަނޑުގައި ހުންނަ ބޭކާރު ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ ޤުދުރަތީ ވަސީލަތެކެވެ. ހެނދުނު ހުސްބަނޑާ ހުރެ ކަރާ ކެއުމުން ހަށިގަނޑުގެ އެތެރެ ސާފުކޮށްދީ، ގުރުދާ އާއި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ހަރުދަނާކޮށްދެއެވެ. މިއީ ހަށިގަނޑުގައި ހުންނަ ބޭކާރު މާއްދާތައް ނައްތާލުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ހަމުގެ ދުޅަހެޔޮކަމަށް ބަލާއިރުވެސް ކަރައަކީ ނުހަނު ފައިދާހުރި އެއްޗެކެވެ. ކަރާގައި އެކުލެވޭ ވިޓަމިންތަކާއި، ފެނުގެ މިންވަރުގެ ސަބަބުން ހަންގަނޑު ކުރަކިވިޔަނުދީ ތާޒާކަންމަތީ ބަހައްޓައިދެއެވެ. ޤަވާއިދުން ހެނދުނު ކަރާ ކެއުމަކީ ހަންގަނޑު އޮމާންކޮށް، އުޖާލާކޮށް ބެހެއްޓުމަށް މަގުފަހިވާ ކަމެކެވެ.

ކަރައަކީ އަގުހެޔޮ، ފަސޭހައިން ލިބެން ހުންނަ، އެހެނަސް ސިއްޙީ ގޮތުން ބޮޑެތި ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. ހެނދުނުގެ ނާސްތާގެ ކުރިން ކަރާކޮޅެއް ކެއުމަކީ މުޅި ދުވަހުގެ ދުޅަހެޔޮކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިވެސް ކިޔާލަން:  ފިރިހެނުން ކޮންމެ ދުވަހަކު ގްރީން ޓީ ބުއިމުގެ ފައިދާ
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top