ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހެރީ ކޭންގެ ބަރުދަން އިތުރުވުމުން އާސެނަލްއިން އޭނާ ބޭރުކޮށްލި

– ޓީމުގައި މަޑުކުރުމަށް ގޯލްކީޕަރަކަށް ވާންވެސް އޭނާ ހުށަހެޅި

ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ކުޅުންތެރިޔަކު ބަދަލުވުމުން، މާޒީގައި އެ ކުޅުންތެރިއަކަށް ކުރިމަތިވި ނޫނެކޭ ބުނުންތަކަކީ މޮޔަ ނިންމުންތަކެއްގެ ގޮތުގައި ފެންނަން ފަށައެވެ. ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ހާލަތަކީވެސް މިއީއެވެ. މިއަދު އޭނާއަކީ ލަނޑު ޖެހުމުގެ މެޝިނެއްގެ ގޮތުގައި ބެލެވޭ ދުނިޔޭގެ ފެންވަރުގެ ތަރިއެކެވެ. ނަމަވެސް މި ކާމިޔާބީތަކުގެ ކުރިން، އޭނާގެ ކެރިއަރު ފެށުމުގެ ކުރިން ނިމުމަކަށް އަތުވެދާނެ ފަދަ ހިތްދަތި ތަޖުރިބާއަކާ އޭނާއަށް ކުރިމަތިވިއެވެ.

އުމުރުން އެންމެ އަށް އަހަރުގައި ހެރީ ކޭން ގުޅުނީ އާސެނަލްގެ އެކަޑަމީއާއެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން އޭނާ އެކަޑަމީން ދޫކޮށްލިއެވެ. ސަބަބަކީ އޭނާއަކީ މާ ލަސް، ބަރުހެލި، ބަރުދަން އިތުރު، އަދި ކްލަބުގެ ފެންވަރަށް ބަލާއިރު ހަލުވިކަން ކުޑަ ކުޅުންތެރިއަކަށް ވުމެވެ.

އޭނާ ބޮޑުވީ ޓޮޓެންހަމްގެ ވައިޓް ހާޓް ފްލޭންއާ މާ ދުރު ނޫން ހިސާބެއްގައި ނަމަވެސް، ސްޕާސްއާ އޭނާ ގުޅުނީ އާސެނަލްއިން އޭނާ ދޫކޮށްލިތާ ދުވަސްތަކެއް ފަހުން، އުމުރުން 11 އަހަރުގައެވެ. އޭނާގެ ކިބައިގައި ހުނަރު ހުރިކަން އެންމެ ފުރަތަމަ ފާހަގަވީ ޑޭވިޑް ބެކަމްވެސް ކުޅެން ފެށި ރިޖްވޭ ރޯވާސްއިންނެވެ. އެތަނުން އޭނާ ފާހަގަވީ ލަނޑު ޖެހުމަށާއި، ޕާސް ދިނުމަށާއި، ބުއްދިވެރި ކުޅުމެއް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކޭން ކުޑައިރު

އާސެނަލް އެކަޑަމީގެ ކުރީގެ ޑައިރެކްޓަރު ލިއަމް ބްރޭޑީ ފަހުން އިއުތިރާފުވި ގޮތުގައި ކޭންއަކީ އޭރު ކުޑަކޮށް ފަލަ، އެތުލެޓިކް ހަށިގަނޑެއް ނެތް ކުއްޖެކެވެ.

“އާނއެކޭ، އަހަރެމެންނަށް އޭރު ހެދުނީ ގޯހެކޭ،” އޭނާ ބުންޏެވެ.

މި ބަރުދަނުގެ މައްސަލައަކީ އޭނާގެ ޒުވާން ދުވަސްވަރުވެސް ކުރިމަތިވި ކަމެކެވެ. ލެސްޓާ ސިޓީއަށް ލޯނު އުސޫލުން ކުޅުނުއިރު، އެ ޓީމުގެ މެނޭޖަރު ނައިޖަލް ޕިއަރސަން ބުނި ގޮތުގައި ކޭންގެ ކިބައިގައި ހުނަރު ހުރި ނަމަވެސް، ބަރުދަން އިތުރުވުމުގެ ސަބަބުން އޭނާގެ ހަލުވިކަމަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ.

އެހެންނަމަވެސް، ކޭން އަމިއްލައަށް ބަދަލުވިއެވެ. އޭނާ ފަރިތަކުރުންތަކަށް އިތުރު ސަމާލުކަން ދީ، ކެއުމުގެ އާދަތައް ބަދަލުކޮށް، އަމިއްލަ ޝެފެއް ހޯދައި، ހަށިގަނޑާ ބެހޭ ގޮތުން އިތުރަށް ދަސްކުރިއެވެ. އާސެނަލްގެ ކުރީގެ ކޯޗު ރޯއީ މެސީ ބުނި ގޮތުގައި، ކޭންއަކީ ހުނަރުވެރި މަސައްކަތްތެރި ކުޅުންތެރިއެއް ނަމަވެސް، އޭރު އޭނާގެ ކިބައިގައި ހަލުވިކަމެއް ނެތެވެ.

“އަހަރެމެންނަށް ހީވީ ހެރީއަކީ އާސެނަލްގެ ފެންވަރުގެ ކުޅުންތެރިއެއް ނޫން ކަމަށް. އެހެންވެ އޭނާގެ މައިންބަފައިންނާ ވާހަކަދައްކައި އޭނާ ދޫކޮށްލަން ނިންމީ،” މެސީ ބުންޏެވެ.

އާސެނަލްއިން ދޫކޮށްލުމުންވެސް ކޭން އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ޓީމުގައި މަޑުކުރުމަށްޓަކައި އެންމެ ފަހު ވަގުތު ގޯލްކީޕަރަކަށް ވާންވެސް ހުށަހެޅިއެވެ. ނަމަވެސް ކީޕަރު ކޯޗުގެ ތިން ސެޝަނަށް ފަހު، އޭނާއަކީ ކީޕަރަކަށް ވާނެ ކުއްޖެއް ނޫން ކަމަށް ނިންމިއެވެ. މި ނިންމުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އެކަމަކު ކޭން އެކަން ނެގީ ގޮންޖެހުމެއްގެ ގޮތުގައެވެ.

އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނި ގޮތުގައި، ކޭން އާސެނަލްގައި އުޅުނުކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ.

“އޭނާ އާސެނަލް އެކަޑަމީގައި އުޅުނު ވާހަކަ ނޫސްތަކުން ކިޔާފައި އަހަރެން ކުޑަކޮށް ރުޅިވެސް އައި. އަދި އޭނާ ދޫކޮށްލީ ކީއްވެގެންތޯ ސުވާލުކުރިން. އެކަމަކު އެ އުމުރުގައި ކުޅުންތެރިން އެކި ކްލަބުތަކަށް ބަދަލުވުމަކީ އާންމު ކަމެއް،” ވެންގާ ބުންޏެވެ.

އާސެނަލްއިން އޭނާ ބޭރުކޮށްލުން ވެގެންދިޔައީ ކޭންގެ ކެރިއަރަށް ލިބުނު ބޮޑު ހިތްވަރަކަށެވެ. ސްޕާސްގެ ޖާޒީގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ކޮންމެ ފަހަރަކު އޭނާ ބޭނުންވީ އޭނާގެ ފެންވަރު ސާބިތުކޮށްދޭށެވެ. އޭނާ ވަނީ އާސެނަލްއާ ދެކޮޅަށް ކުޅުނު 19 މެޗުގައި 14 ލަނޑު ޖަހާފައެވެ.

“އާސެނަލްއިން އަހަރެން ދޫކޮށްލުމަކީ އަހަރެންގެ ކެރިއަރުގައި ދިމާވި އެންމެ ރަނގަޅު ކަންތައް. އެކަމުގެ ސަބަބުން އަހަރެންގެ ކިބައިގައި ދުވަހަކުވެސް ފަނޑުނުވާނެ ވަރުގަދަ އަޒުމެއް އުފެދުނު،” ކޭން 2018 ވަނަ އަހަރު ބުނެފައިވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top